ތިލަމާލެ ބުރިޖު މަޝްރޫޢުގެ ފެންވަރު ރަނގަޅުވާނެ ކަމަށާއި، ބުރިޖުގެ ކޮލިޓީ ކަށަވަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސިނާމާލެ ބުރިޖުގެ ކޮލިޓީވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު ކުންފުނި ކަމަށްވާ "އާރޮޕް" އިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ތިލަމާލެ ބުރިޖުގެ ފެންވަރާމެދު ބައެއް ފަރާތްތަކުން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިނާމާލެ ބުރިޖުގެ ކޮލިޓީ ބެލެހެއްޓުމުގައި އިސްކޮށް އުޅުއްވި ޑިރެކްޓަރުގެ ބެލުމުގެ ދަށުން ތިލަމާލެ ބުރިޖުގެ މަސައްކަތްތައްވެސް ވަރަށް ގާތުން ބަލަހައްޓަމުންދާ ކަމަށެވެ.
އަދި މިހާރު މާލެއާއި ވިލިމާލެ ބުރިޖުން ގުޅާލެވިފައިވާއިރު، ގުޅީފަޅާ ހަމައަށް ގުޅާލުމުން ތާރުއެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ނިމިފައިވަނީ މުޅި މަޝްރޫޢުގެ އެންމެ 30 އިންސައްތަ މަސައްކަތް ކަމަށްވީ ނަމަވެސް، އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރާއެކު ކުރެވުނު މަސައްކަތުން މަޝްރޫޢުގެ ސްޕީޑު އަވަސްކުރެވި، މިހާރު ވަނީ މުޅި މަޝްރޫޢުގެ 76 އިންސައްތަ މަސައްކަތް ނިންމާލެވިފައެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ 6.7 ކިލޯމީޓަރުގެ މި ކަނެކްޓިވިޓީ މަޝްރޫޢަކީ 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ހޭދަވާ، ސަރަޙައްދީ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު