ހއ. އުތީމު ރައްޔިތުންގެ އަމިއްލަ ގޯތިތަކުގައި ގެއިމާރާތް ކޮށްދިނުމަށާއި އެރަށުގައި ފްލެޓް ޢިމާރާތް ކޮށްދިނުމަށް އަމިއްލަ ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާތީ، އެ ކަމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުމުގެ ފުރުޞަތު އުތީމު ކައުންސިލުން ހުޅުވާލައިފިއެވެ.
އުތީމު ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި، އަމިއްލަ ގޯތިތަކުގައި ގެ އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން ގެތައް ބިނާކުރެވޭނީ ކޮންޓްރެކްޓަރު ހުށަހަޅާ ތިން ކުރެހުމުގެ ތެރެއިން، ގޯތީގެ ވެރިފަރާތުން ބޭނުންވާ ކުރެހުމަކާ އެއްގޮތަށެވެ.
މީގެ އިތުރުން ފްލެޓް ގަންނަން ބޭނުންވާ ފަރާތްތަކަށްވެސް މި މަޝްރޫޢުގެ ދަށުން ފުރުޞަތު ލިބިގެންދާނެއެވެ.
"ރަސް" އަށް މައުލޫމާތު ދެއްވަމުން އުތީމު ކައުންސިލްގެ ރައީސް އަބްދުލް ރަޝީދު ވިދާޅުވީ ފްލެޓް އަޅާ ކުންފުނީގެ ނަން މިވަގުތު ހާމަ ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ ތަރުހީބު މިކަމަށް ހުރި ވަރު ބަލާފައި ކުރިއަށް އޮތް ތަނުގައި ނަން ހާމަ ކުރާނެ ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކާއި ފްލެޓް ގަންނަން ޝައުޤުވެރިވާ ފަރާތްތަކުގެ މައުލޫމާތު އެއްކޮށްދިނުމަށް ކޮންޓްރެކްޓަރު ކައުންސިލުގައި އެދިފައިވާތީ، ކައުންސިލުން މިހާރު ވަނީ އެކަން އާންމުކޮށް އިޢުލާނުކޮށްފައެވެ.
އެހެންކަމުން، މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކައުންސިލުން އާންމުކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.
މި ކަމަށް އެދި ނަން ނޯޓުކުރުމުގެ އެންމެ ފަހު ސުންގަޑިއަކީ 06 ސެޕްޓެމްބަރ 2026 ގެ މެންދުރުފަހު 14:00 އެވެ.

ކިޔުންތެރިންގެ ހިޔާލު