ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަމާލެ ބްރިޖް މަސައްކަތަށް ބައްލަވާލަވަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަމާލެ ބްރިޖް މަސައްކަތަށް ބައްލަވާލަވަނީ
އިންޖިނިއަރިންއާއި ސައިންސްގެ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށާއި، އަމާޒަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ދިވެހި އިންޖިނޭރުންގެ ޙިއްޞާ އިތުރުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވީ، މަތީ ތަޢުލީމު ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން އިންޖިނިއަރިންއާއި ސައިންސްގެ ދާއިރާތަކަށް ދާ ދިވެހިންގެ ޢަދަދު ނިސްބަތުން ވަރަށް މަދު ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރިއާއި މެނޭޖްމަންޓް އަދި ޤާނޫނީ ދާއިރާއަކީވެސް ޤައުމަށް ބޭނުންތެރި ދާއިރާތައް ކަމަށްވީ ނަމަވެސް، ސިވިލް، އިލެކްޓްރޯނިކް އަދި މެކޭނިކަލް އިންޖިނިއަރިން ފަދަ ދާއިރާތަކުން ދިވެހިން ތަމްރީނުކުރުމަކީ އިޤްތިޞާދަށް ނުހަނު ފައިދާކުރާނެ ކަމެއް ކަމަށެވެ.

އެގޮތުން އެކި މަޝްރޫޢުތަކަށް ބޭރުގެ އިންޖިނޭރުން ގެނައުމުގެ ބަދަލުގައި، ރާއްޖޭގެ ތަރައްޤީގެ މައިދާނުގައި ދިވެހި ފަންނުވެރިން އިސްކޮށް ތިބޭ މަންޒަރު ފެނުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު 30 ވަނަ ދުވަހަކީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ސަރުކާރުން ނިންމެވީ ސިނާމާލެ ބުރިޖު އިފުތިތާޙުކުރެވުނު ތާރީޚީ ދުވަހާ ގުޅުވައިގެންނެވެ.

ރައީސް ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ބޭނުމަކީ ޒުވާނުންގެ ހިތްތަކުގައި މި ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުން ކަމަށެވެ. އަދި މިއަހަރުން ފެށިގެން، އިންޖިނިއަރިން ދާއިރާގައި ދިވެހިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، 10 ގިންތިއަކުން "އިންޖިނޭރުންގެ އެވޯޑު" ދިނުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް