މާލޭގެ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއްގައި ޖެހި އެކްސިޑެންޓްވުމަށްފަހު މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދައި، އެ ދޯނީގެ ކެޕްޓަންގެ ލައިސެންސް ހިފަހައްޓައިފިއެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 9 ވީ ބުރާސްފަތި ދުވަހުގެ ރޭ 21:10 އެހައިކަންހާއިރު އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ކަމަށެވެ. އެގޮތުން "ލީޖަން 1" ލޯންޗާއި މި ދޯނި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 3 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ވަނީ އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް އެކްސިޑެންޓް ހިނގުމާއެކު އެ ސަރަހައްދަށް މަޑުނުކޮށް ދޯނި ވަނީ ފިލައިގެން ގޮސްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ފެށި ތަހުގީގުގެ ތެރެއިން، އެ ދޯނި ދެނެގަނެ ހޯދުމަށް ކުރި މަސައްކަތުން، އެ އުޅަނދު ފެނިފައިވަނީ 2026 އޯގަސްޓް 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވައެވެ.
"ދޯނި ފެނުމާ ގުޅިގެން ފުލުހުން ވަނީ އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކޮށްފައެވެ. އަދި ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރު ކުރުމަށްފަހު ދޯނީގެ ކެޕްޓަނާ ސުވާލުކޮށް، ތަހުގީގީ މަރުހަލާގެ ތެރެއިން މިހާރު ވަނީ އޭނާގެ ކަނޑުއުޅަނދު ދުއްވުމުގެ ލައިސަންސް ހިފަހައްޓާފައެވެ." ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު