އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި މިޓަގު ބޯޓު (މުތާ ކޮރަލް) ފަހަތުގައި އޮތް ބާޖުގައި ބަޔަކު އުޅޭކަން ފާހަގަކުރެވިގެން އެކަން ޓަގުބޯޓުގެ ފަރާތުން ރިޕޯޓްކުރުމުން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަދި މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެއީ ކޮން ބަޔެއްކަން ބަލާފައިއެވެ. އެގޮތުން، އެ އުޅަނދަކީ މަސްވެރިކަން ކުރާ ރާއްޖެއިން ބޭރުގެ އުޅަނދެއްކަން ފާހަގަކުރެވުނު ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.
އެ އުޅަނދުގައި ޖުމްލަ 12 މަސްވެރިން ތިބިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ. އަދި އެ މަސްވެރިން، ބާޖަށް އަރާފައިވަނީ ރާއްޖެއާއި ގާތްގަނޑަކަށް 140 މޭލު ބޭރުން، ރޭގަނޑުގެ ވަގުތުގައި އައި ކޮޅިގަނޑެއްގައި އެމީހުން މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓާއި ބާޖު ޖެހުމުގެ ތެރޭގައި ބޯޓް ހަލާކުވެ އަޑިއަށް ދިއުމުން ކަމަށް ބުނެފައިވާތީ، މިކަންކަން އިތުރަށް ސާފުކުރުމުގެ މަސައްކަތް ގުޅުންހުރި އިދާރާތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި މީހުން މިހާރުވަނީ މާލެގެނެސް މޯލްޑިވްސް އިމިގްރޭޝަނާއި ޙަވާލުކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު