ކަރަންޓް ބިލުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސްގެން ރައްޔިތުންގެ އަތުންނާއި ވިޔަފާރިތަކުން ފައިސާ ނެގި މައްސަލައެއް ތަހުގީގުކޮށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ބ. ކަމަދޫ ބްރާންޗުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޢާއިޝަތު ސަމިއްޔާގެ މައްޗަށެވެ. ސަމިއްޔާ ވަނީ 2017 އިން ފެށިގެން 2019 އާއި ދެމެދު ކަމަދޫ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައިވާ ކަރަންޓް ބިލްތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް 375،405.52 ދިވެހި ރުފިޔާ ނަގާ އެ ފައިސާ ބޭނުން ކޮށްފައެވެ.

ސަމިއްޔާއަށް ދައުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ ގާނޫނު ނަންބަރު 2014/9 ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާއާއި، ގާނޫނު ނަނަބަރު 2000/2 ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން