ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން މިހާރު ރަނގަޅު ކަމަށާއި ދެ ގައުމުގެ މެދުގައި އޮތް ނުތަނަވަސްކަން ނައްތާލެވޭނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގައި ބޭއްވި އާންމު ފޯރަމެއްގައި ވާހަކަ ދައްކަވަމުން އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވީ، ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މަހުގެ އަށްވަނަ ދުވަހު އަވައްޓެރި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައި ދެ ގައުމުގެ ގުޅުން ރަނގަޅު ވެފައިވާ ކަމަށެވެ.





އެގޮތުން ބިނާކުރަނިވިގޮތެއްގައި ހުރިހާ ކަމެއް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.

ސިޔާސީ ބައެއް ނުތަނަވަސްކަން [ދެ ގައުމުގެ މެދުގައި] އެބަހުރި. އެކަމަކު، އެކަން ހައްލުކުރެވޭނެކަމާ މެދު އުންމީދު އެބައޮތް،" ޖައިޝަންކަރު ވިދާޅުވިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރު މި މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ޖައިޝަންކަރާ އެކުގައި މަޝްވަރާ ކުރައްވާފައެެވެ. އެ މަޝްވަރާތަކުގެ ތެރެއިން ރާއްޖެއިން އެދިގެން އިންޑިއާއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު ދެއްކުން ވެސް އެގައުމުން ވަނީ ފަސްކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން