މަޓާޓޯއާއި އެމްއެމްޕީއާރް.ސީ އިން ރާއްޖެ ތަމްސީލް ކުރާ ރާއްޖެއިން ބޭރުގެ ތިން ފެއާރގައި ބައިވެރިވުމުގެ ފުރުސަތު ފަތުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

މި ފެއާރ ތަކަކީ އިރުމަތީ ދެކުނު އޭޝިއާގެ ފަތުރުވެރިންގެ މާރކެޓަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފެއާރ ތަކެކެވެ. މި ފެއާރ ތަކަކީ ޓްރެވަލް މީޓް އޭޝިއާ، ޕަޓާ ޓްރެވަލް މާރޓް އަދި އައިޓީއީ އެޗްސީއެމްސީއެވެ. މި ފެއާރ ތަކަކީ އެއް ވިޔަފާރި އާއި އަނެއް ވިޔަފާރި އާއި ގުޅުވައިދޭ ފެއާރ ތަކެކެވެ.

ޓްރެވަލް މީޓް އޭޝިއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 3 އިން 4 ޖުލައި އަށް އިންޑޮނޭޝިއާގައެވެ. ޕަޓާ ޓްރެވަލް މާރޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 27 އިން 29 އޯގަސްޓް އަށް ތައިލެންޑްގެ ބެންގްކޮކްގައެވެ. އައިޓީއީ އެޗްސީއެމްސީ ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 5 އިން 7 އަށް ވިއެޓްނާމްގެ ހޯ ޗީ މިންހް ސިޓީގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން