ހެލްމެޓް ނާޅާ ބުރިޖުގައި ސައިކަލު ދުއްވި ދެ މީހަކު ޖޫރިމަނާކޮށްފި އެވެ.
ހެލްމެޓް ނާޅާ ސައިކަލުގައި އަންހެނަކާއި ފިރިހެނަކު ދަތުރުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެސްވެފަ އެވެ.
އެ ދެ މީހުންނަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ އިރު ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ވިދާޅުވީ އެ ދެ މީހުންނާމެދު ވެސް މިހާރު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކުވެސް އެއްބާރުލުން ދެއްވުމަކީ މަގުގެ އަމާންކަމަށް ކޮށްދެވޭ އަގުހުރި ޚިދުމަތަކަށްވާނެ."އޭނާ އިތުރަށް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ބުރިޖުގައި ސައިކަލު ދުއްވިއިރު ހެލްމެޓް އެޅުން މަޖުބޫރެއް ނޫނެވެ.
ނަމަވެސް ބްރިޖާއި ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވުމުން 2019ގެ މާޗު މަހުގެ 10އިން ފެށިގެން ހެލްމެޓް އެޅުން ވަނީ މަޖުބޫރުކޮށްފަ އެވެ.
މިހާރުވެސް ދޭތެރެ ދޭތެރެއިން ބުރިޖުގައި ދަނީ އެކްސިޑެންޓްތައް ހިނގަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު