ފަސިންޖަރަކު ޓެކްސީން ބޭލި މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިފާން މިއަދު ވިދާޅުވީ ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރު ނުނިންމައި ޓެކްސީން ދަތުރުވެރިން ބޭލި މައްސަލާގައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާ ކަމަށެވެ.

ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރު ނުނިންމައި ޓެކްސީން ދަތުރުވެރިން ބޭލި މައްސަލަ މީސްމީޑިއާގައި ޙިއްސާކުރި ފަރާތުން ބުނެފައިވަނީ އެ ޓެކްސީ އަކީ ހުޅުމާލޭގައި އޮތް އޭނާގެ ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމުމަށްފަހު، މާލެ އައުމަށް ނެގި ޓެކްސީއެއް ކަމަށެވެ.

ޑްރައިވަރުގެ ޢަމަލުތައް ހުރިގޮތް ބަޔާން ކުރަމުން އެމީހާ ބުނެފައިވަނީ ޓެކްސީއަށް އެރުވުމަށްފަހު ޓެކްސީ ޑްރައިވަރު އަޚުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައް ދެއްކި ކަމަށެވެ. އަދި އެއަށްފަހު ޓެކްސީއަށް އިތުރު މީހަކު އެރުވިޔަސް ހެޔޮތޯ އެހިކަމަށް ޙާދިސާ ތަޖުބާކުރި ފަރާތުން ބުނެފައިވެއެވެ.

“ޖަވާބުގައި އަހަރެން ބުނީމެވެ. އެރުވިޔަސް މައްސަލައެއްނެތެވެ. އެކަމަކު އެމީހާ އަތުން އަގު ނަގަންވާނީ އަހަރެން ފައިބާ ހިސާބުން އެމީހާ އެކަނި ކުރާ ދަތުރަށް އެކަންޏެވެ. އެގޮތަށް އެއްބަސްވެ އެރުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނީމެވެ. ނަމަވެސް އެކަމާ އެއްބަސްނުވެ އެއީ ތިމަންނަޔާ ދަތުރުނަގާ މީހާ ދެމެދު ގޮތްނިންމާ ކަމެއްނޫންހޭ ކިޔާ ދެކޮޅުހަދާ ރުޅިގަދަ ކުރަންފެށިއެވެ.” ޙާދިސާ ތަޖުރިބާކުރި ފަރާތުން ބުނެފައިވެއެވެ.

އޭނާ ބުނީ އެ ދެމައިން ގޮވައިގެން މުޅި ހުޅުމާލެ ވަށާ ބުރުޖެހި ކަމަށާއި ނަމަވެސް އިތުރު ފަސެންޖަރަކު ޓެކްސީއަށް އަރުވާފައި ނުވާކަމަށެވެ.

“އިރުކޮޅަކުން އަންގައިފިއެވެ. ތިމަންނަ ކިތަންމެ ނުބައޭ ބުންޏަސް އަދި ބޮޑު ވަރަކަށް މަރާލިޔަސް ތި މީހުން ނެގިތަނަށް ތިމީހުން ބޭލުން ނޫން ގޮތެއްނެތްކަމަށް ބުނެ ހުޅުމާލެއިން އެ ޓެކްސީއަށް އެރިތަނަށް ބާލާފަ ގޮއްސިއެވެ.” ޙާދިސާ ތަޖުރިބާކުރި ފަރާތުން ބުނެފައިވެއެވެ.

އޭނާ ބުނީ ޓެކްސީ ޚިދުމަތަކީ ޓެކްސީކުރާ ފަރާތާއި އެ ޚިދުމަތްހޯދާ ފަރާތްތަކަށް ނުހަނު މުހިއްމު ބޭނުންތެރި ކަމެއް ކަމަށާއި ކުޑަކުއްޖެއްގެ ޙާޟިރުގައި ޓެކްސީ ޑްރައިވަރު ޢަމަލުކުރި ގޮތާމެދު ކަންބޮޑުވާ ކަމަށެވެ.މި ހާދިސާއާ ގުޅިގެން އާންމުންގެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން