މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލަދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު ވަނީ ދިވެހީންނަށް އާ އުއްމީދެއް ދެއްވައިފަ އެވެ.

މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލައި ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާރުކޭޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު މިއަދު ދެއްވި އެވެ.

ބައިނަލްއަގުވާމީ މުވާސަލާތުގެ ދުވަސް މިއަދު ފާހަގަކުރަމުންދާ އިރު މުވާސަލާތީ ހިދުމަތްތައް ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ކުރިއަރައިފަ އެވެ.

ރާއްޖޭގައި ދެވޭ މުވާސަލާތީ ޚިދުމަތްތައް އެންމެ ޒަމާނީކޮށް އިންޓަރނެޓްގެ ސްޕީޑް ހަލުއިކޮށް އަގުތައް ތިރިކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން