ޗައިނާގެ ސިއްހީ އެހީތެރިން
ޗައިނާގެ ސިއްހީ އެހީތެރިން
މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ކޯވިޑް-19ގެ ބިރުވެރިކަން ހާމަނުކޮށް ސިއްރުކުރީ ސިއްހީ ރައްކާތެރިކަމަށް ބޭނުންކުރެވޭ ސާމާނު އެއްކޮށް ސްޓޮކް ކުރުމުގެ ނިޔަތުގައިކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ، ޑީއެޗްއެސްއިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

އެސޯސިއޭޓެޑް ޕްރެސް އިން ހާމަކޮށްފައިވާ ގޮތުގައި ޑީއެޗްއެސް އިން މިމަހުގެ ފުރަތަމަ ދުވަހު ނެރުނު މި ރިޕޯޓުގައި ބުނެފައިވަނީ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ކޯވިޑް-19ގެ ބިރުވެރިކަން ދުނިޔޭގެ އެހެން ގައުމުތަކަށް ސިއްރުކުރީ ގަސްތުގައިކަމަށާއި، އެއީ އެގައުމުގެ ރައްޔިތުން ބޭނުންކުރުމަށް ސިއްހީ ރައްކާތެރިކަމުގެ ސަމާނު އެތެރެކޮށް ގިނަ ކުރުމަށް ކުރި ކަމެއްކަމަށެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ޗައިނާގެ ވެރިރަށް ބެއިޖިންގްއިން ބޭރުކުރި ސިއްހީ ރައްކާތެރިކަމުގެ ތަކެތީގެ އަދަދު އެތަށް ގުނައެއް ދަށަށް ދިޔައިރު، އެގައުމަށް އެތެރެކުރި މިތަކެތީގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވާކަމަށެވެ.

ޑީއެޗްއެސްގެ ރިޕޯޓުގައި އިތުރަށް ބުނީ ޗައިނާއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އަށްވެސް ބަލީގެ ކުޑަބޮޑުމިން ނުވަތަ ބިރުވެރިކަން އޮޅުވާލާފައިވާކަމަށާއި، އެއީ ޖަނަވަރީ މަހު އެގައުމަށް އެތެރެކުރި މާސްކާއި، ސާޖިކަލް ގައުން ފަދަ ސިއްހީ ރައްކާތެރިކަމާއި ޚިދުމަތަށް ބޭނުންކުރާ ސާމާނު ގިނަ ކުރުމަށް ކުރި ކަމެއް ކަމަށެވެ. އެގޮތުން، 2.5 ބިލިއަން ޕާސަނަލް ޕްރޮޓެކްޓިވް އެކުއިޕްމަންޓް، ޕީޕީއީ ޗައިނާއަށް އެތެރެކޮށްފައިވާއިރު، މިއީ ޗައިނާއިން އާންމުކޮށް އެތެރެކުރާ މިންވަރާއި ގާތްކުރާ އަދަދަށްވުރެ މާ ގިނަ އަދަދެއް ކަމުގައި ރިޕޯޓުގައި ވެއެވެ. އަދި މީގެ ތެރޭގައި 2 ބިލިއަނަށްވުރެ ގިނަ މާސްކު ހިމެނޭއިރު، ޗައިނާއަށް މިތަކެތި ފޮނުވި ގައުމުތަކުން ފަހުން ތިބީ އެތަކެއްޗަށް ބޭނުންވެފައިކަމަށްވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

ޑީއެޗްއެސްގެ މި ރިޕޯޓު ނެރެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއިން ކޯވިޑް-19ގެ މައުލޫމާތު ދުނިޔެއަށް އޮޅުވާލާފައިވާކަމުގެ ތުހުމަތުތަކެއް ކުރައްވަމުން ގެންދަވަނިކޮށެވެ. ކޯވިޑް-19 އުފަންވީ ޗައިނާގެ ވޫހާނުގައި ހުންނަ ވައިރޮލޮޖީ ލެބަކުންކަން ހާމަވާ ހެކި ފެނިވަޑައިގެންފާވާކަމަށް ޓްރަމްޕް ވަނީ މީގެކުރިން ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


13

ސަގަރު

07-May-2020

ޗައިނާ އެހެދީ ބަރާބަރައް . ސަޅި ބުރޯ


24

އަންނި

04-May-2020

އެހެންވެ މަ ޗައިނާދެކެ ނައްޓަނީ ވަރަށް ކަންޖޫސް ބައެއް


24

ޒައިދު

04-May-2020

އެހެންވީމަ އެމެރިކާ ގެ ވާހަކަ ރަނގަޅުތާ ޗައިނާ ޒިއްމާނަގަންޖެހޭނެ ދޯ ރައީސް ނަޝީދޫ



ޓްރެންޑިން