އަހުމަދު މަސްނޫމް   14 މާރިޗު 2021 - 16:50
މާފަރު އެއަރޕޯޓް
މާފަރު އެއަރޕޯޓް
މޯލްޑިވިއަންއިން މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ މުމްބާއީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަންނަ މަހުގެ 13 ވަނަ ދުވަހު މާފަރު-މުމްބާއީ ދަތުރުތައް ފަށަން ތައްޔާރުވެފައިވާކަމަށެވެ. އަދި މާފަރު އެއަރޕޯޓް ހިމެނޭ ސަރަޙައްދުގެ ރިސޯޓުތަކާއި އެ ހިސާބުގެ ގެސްޓުހައުސްތަކާއެކު މަސައްކަތް ކުރަމުންދާކަމަށްވެސް މިހާދު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާގެ ޓުއަ އޮޕަރޭޓަރުންނާ އެކުވެސް މިކަމާއި ގުޅޭ ތައްޔާރީތައް ކުރިއަށްދާކަމަށް މިހާދު ވިދާޅުވިއެވެ.

މޯލްޑިވިއަންއިން މައުލޫމާތުދޭ ގޮތުގައި ހަފްތާއަކު 3 ދަތުރު މާފަރާއި މުމްބާއީއާ ދެމެދު ބާއްވާނެއެވެ. މޯލްޑިވިއަންއިން މުމްބާއީއާއި މާފަރާއި ގުޅާލާފައިވާއިރު، މޯލްޑިވިއަންއިން ދަނީ އިންޑިއާގެ އެހެން މަންޒިލްތަކަށްވެސް ދަތުރުކުރަމުންނެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ 320 އާއި ބޮއިން 737ގެ މަރުކާގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނަކީ 3600 މީޓަރެވެ.


ކިޔުންތެރިންގެ ހިޔާލު


9

މޫސަ

15-Mar-2021

އިންޑިއާ މީހުންނައް ފައިދާވާނެ ގޮތެއް އޮތިއްޔާ އެކަމެއް ކުރަން ޖެހޭނެ ކޮންމެހެންވެސް



ޓްރެންޑިން