ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓް ނުވަތަ އެންމެ ހަލުއި ދުވުންތެރިޔާ ހަސަން ސާއިދު ލޮޓަސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައިފިއެވެ.

މިއާއެކު ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދް މިފަހަރު ދައްކާލީ ލޮޓަސްއިން މިހާރު އެތެރެކޮށް ބާޒާރުގައި ވިއްކަމުން ގެންދާ "ސަޅި" ޖީއެން ސައިކަލް ތަކެވެ. އޭނާ މިހަރު ދޫކޮށްލީ ޖީއެން ސައިކަލް ތަކާއެކު ހިތްގައިމު ފޮޓޯތަކެކެވެ.


ލޮޓަސް އިން އެންމެ ފަހުން ގެނައި ޖީ.އެން 125 ގެ ސައިކަލްތައް ބާރުސްޕީޑްގައި ވިކެމުންދަނީއެވެ. ތިން ކުލައިގެ ޖީއެން 125ގެ ސަޅި ސައިކަލް ތަކުން ލޮޓަސް ފިހާރަ ޒީނަތްތެރި ކޮށްލާފައި އޮތް އިރު މިއީ ރާއްޖޭގެ ބާޒާރުގައި މިއިން ދުވަހަކު ޖީއެން ސައިކަލް ނުވިއްކާހާ ހެއޮ އަގުތަކެއްގައި ސައިކަލް ވިއްކަން ހުރި ފަހަރެކެވެ. ސީދާ އޮރިޖިނަލް ޖީއެން 125 ގެ ސައިކަލެވެ. ރީތި ރަތާއި ނޫ އަދި ކަޅު ކުލައިގެ ތެރެއިން މިވަގުތު ބޭނުން ކުލައެއް ލިބެން އެބަ ހުއްޓެވެ."ލޮޓަސް ބައިލް ޝޮޕް"އަކީ މިހާރު ގިނަ ބަޔަކަށް އެނގޭނެ މަޝްހޫރު ފިހާރައެކެވެ. އެކަމަކުވެސް ލޮޓަސް ބައިކް ޝޮޕުން ބުނަނީ އަވަހަށް ނުގަނެފިއްޔާ ބޭނުންވާ ކުލަ، ބޭނުންވާ ސައިކަލް ނުލިބި ހިނގައިދާނެ ކަމަށެވެ. އެހާވެސް ވިކޭލެއް ސްޕީޑް ބާރެވެ. ސައިކަލް ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް ފަސޭހަ އެތައް ކަމެއް ލޮޓަސް އިން ހުރީ ރާވާފައެވެ. ލޮޓަސްއިން ބުނަނީ ސައިކަލް ގަނެގެން ކަމެއް ހަމަނުޖެހިގެން ނޫނީ ނުނިމިގެން ހާސްވާކަށް ނުޖެހޭނެ ކަމަށެވެ.


ދެން އޮތީ ސަޕްރައިޒެއް

"ބެނެލީ މޮޓޯބީ"ގެ ވާހަކަ އަޑިއެއްސެވީމު ހެއްޔެވެ؟ މިއީ ކެފޭ ރޭސަރ ކެޓެގެރީގެ ސައިކަލްތަކަށް ލޯބިކުރާ ޒުވާނުންނަށް ހާއްސަ ސައިކަލެކެވެ. މި ސައިކަލަކީ 152 ސީސީގެ އިންޖީނާއެކު ފަސް ސްޕީޑް މެނުއަލް ގިއަރ ބޮކްސް އާއެކު ފަރުމާކޮށްފައިވާ ވަރަށް "ސަޅި" ސައިކަލެކެވެ. ޑިޒައިން ވަރަށް ހިތްގައިމު މި ސައިކަލް ލޮޓަ ބައިކް ޝޮޕުން މިފަހަރު މިވިއްކަނީ ވެސް "ސަޕްރައިޒް" އަގެއްގައެވެ. މި ސައިކަލް ލޮޓަސް އިން ވިއްކާ އަސްލު އަގަކީ 43500 ރުފިޔާ އެވެ. އެކަމަކު މިފަހަރު ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މިސައިކަލް ވިއްކަނީ ހަމަ އެންމެ 37500 ރުފިޔާ އަށެވެ.


"ބެނެލީ މޮޓޯބީ" ބްރޭންޑްގެ ސައިކަލް ރާއްޖެއިން ހަމަ އެކަނި ލިބެން ހުންނަނީ ލޮޓަސް ބައިކް ޝޮޕުންނެވެ. ލޮޓަސް ގެ މި ސަޕްރައިޒް ވަރަށް ކަމުދާނެ ކަމަށް ބެލެވެއެވެ.ލޮޓަސް ބައިކް ޝޮޕުން އިތުރު މަޢުލޫމާތެއް ބޭނުން ނަމަ 7530253، 9555520 އަދި 7425552 އަށް ގުޅާލެއްވުމުން ބޭނުންވާ މައުލޫމާތެއް ވަރަށް ފަސޭހަކަމާއެކު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު