ޕްރިޓީ މައިކް އާއެކު އޭނާގެ ދަރިންގެ މަންމައިން.
ޕްރިޓީ މައިކް އާއެކު އޭނާގެ ދަރިންގެ މަންމައިން.
ނައިޖީރިއާގައި ބޭއްވި ކައިވެނި ޕާޓީ އަކަށް މާބަނޑު 6 އަނބިން ގޮވައިގެން އައި ފިރިހެނަކަށް، ކައިވެނި ކުރި ދެމަފިރިންނަށް ނުލިބޭހާ ސަމާލުކަން ލިބިއްޖެއެވެ.

މިގޮތުން ނައިޖީރިއާގެ ފިލްމް އިންޑަސްޓްރީގެ އެކްޓަރެއްްގެ ކައިވެންޏަށް މާބަނޑު ހަ އަނބިން ގޮވައިގެން ދިޔަ މައިކް އެޒެ ނުވާލީ ނުގޫ އަށް އެންމެންގެ ސަމާލުކަން ލިބިފައިވާއިރު މި 6 އަންހެނުން ވެސް ބަލިވެއިނީ އޭނާ އަށް ކަމަށް ވަނީ ހާމަކޮށްފައެވެ.

ނައިޖީރިއާގެ ނައިޓް ކްލަބެއްގެ ވެރިފަރާތުގެ ގޮތުގައި މަޝްހޫރުވެފައިވާ މައިކް ނުވަތަ އާންމު ނަމުންނަމަ ޕްރިޓީ މައިކް މި ކައިވެނި ހަފުލާއިން ފެނިގެންދިޔައީ ފިޔާތޮށި ކުލައިގެ ކޯޓު ފަޓުލޫނެއްގައެވެ. އަދި އޭނާ އާއެކު ޕާޓީއަށްްއައި އޭނާގެ މާބަނޑު 6 އަނބިން ފެނިގެންދިޔައީ އެއްކުލައެއްގެ ސިލްވަރ ފޮއްޗެއްގެ އެކި ޑިޒައިން ތަކުގެ ހެދުމުގައެވެ.

މީގެ އިތުރުން މި 6 އަނބިންނާއެކު މައިކްގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގެ ކެޕްޝަންގައި ޕްރިޓީ މައިކް އާއެކު ވަނީ އޭނާގެ ދަރިންގެ މައިންކަމަށް ބުނެފައިވެއެވެ. އަދި އޭނާގެ މި ވީޑީޔޯއަށް އެކި ކަހަލަ ފާޑުކިއުންތައް އަމާޒުވެފައިވާއިރު، ބައެއްމީހުންގެ ތަޢުރީފާއި ތަރުހީބާއި ފާޑުކިއުންވެދް އަމާޒުއެވެ.

ބައެއް މީހުން ވަނީ މައިކް އޭނާގެ އުފާވެރި ދިރިއުޅުމާއިގެން އުޅެން ދޫކޮށްލުމަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން