ހަލީމާ އެޑެން ފެޝަން ޝޯ އެއްގައި.
ހަލީމާ އެޑެން ފެޝަން ޝޯ އެއްގައި.
ފެޝަން ޝޯތަކުން ބުރުގާ އެޅި މޮޑެލް އަކަށް ފުރަތަމަ ފަހަރަށް ފެނުނު ސުޕަރމޮޑެލް ހަލީމާ އެޑެން، މޮޑެލް ކުރުން ހުއްޓާލައިފިއެވެ.

ސުޕަރ މޮޑެލް ހަލީމާ އެޑެން އަކީ ބުރުގާ އަޅައިގެން ފެޝަން ޝޯވް ތަކުން ފެނުނު ފުރަތަމަ މޮޑެލް އެވެ. 23 އަހަރުގެ ހަލީމާ މޮޑެލް ކުރުން ހުއްޓާލައި މިދާއިރާ އާއި ދުރަށް ދިޔަ ކަން އިއުލާންކޮށްފައިވަނީ އިންސްޓްގްރާމް މެދުވެރިކޮށެވެ.

ހަލީމާގެ އިންސްޓްގްރާމްގައި ފާހަގަކޮށްފައިވާގޮތުން މިދާއިރާގައި މަސައްކަތް ކުރުމުގައި ހަލީމާއަށް އެންމެ ބޮޑަށް ކުރިމަތިވި ގޮންޖެހުމަކީ ދީނާއި ދުރުވާންޖެހުން ކަމަށް ވުމުން މޮޑެލް ކުރުން ހުއްޓާލައި އެދާއިރާ އާއި ދުރައް ދާން ނިންމީކަން ހާމަކޮށްފައިވެއެވެ.

ހަލީމާގެ އިންސްޓްގްރާމްގައި ފާހަގަކޮށްފައިވާގޮތުން ކޮވިޑުގެ ލޮކްޑައުނާ ގުޅިގެން ލިބުނު ބްރޭކްގައި އެކި ކަންކަމުގައި ވިސްނަން ފުރުސަތުލިބުމުން، ބުރުގާ އަޅައިގެން ހުރެ ކުރެވުނު ގޯސްކަންކަން ފާހަގަވެގެން ދިޔަކަމަށް ހަލީމާ ފާހަގަކޮށްފައިވެއެވެ. އަދި މި އިންޑަސްޓްރީގައި ކިތަންމެ ފުރުސަތުތަކެއް ލިބުނަސް، ބުރުގާ އަޅާ މީހުން ސްޓައިލް ކުރާނެ ބަޔަކު ނެތްކަމަށްވެސް ހަލީމާ ފާހަގަކޮށްފައިވެއެވެ.

2017 ވަނަ އަހަރު ނިއުޔޯކް ފެޝަން ޝޯ އިން ފެނިގެންދިޔަ ހަލީމާ އެޑެން އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ދުނިޔޭގެ މަޝްހޫރުކަން ލިބުނު މޮޑެލް އެކެވެ. ގިނަ ފެޝަން ޝޯ ތަކަކުން ފުރަތަމަ ފަހަރަށް ބުރުގާ އެޅި މޮޑެލް އެއްގެ ގޮތުގައި ފެނިގެން ދިޔަ ހަލީމާ އެޑެން ވަނީ ގިނަ މެގަޒިންތަކަކުންވެސް ފެނިގެންގޮއްސައެވެ. މިގޮތުން ބްރިޓިޝް ވޯގް، ސްޕޯޓްސް އިލުސްޓްރޭޓެޑް، އެލޯރު ފަދަ މެގަޒިންތަކުގައި ހަލީމާގެ ފޮޓޯ ހިމަނާފައިވެއެވެ.

ހަލީމާ އެޑެން މޮޑެލް ކުރުމާ ދުރަށްދިއުމަށް ނިންމި ނިންްމުމާއެކު ހަލީމާއަށްވަނީ ގިނަބައެއްގެ ތަރުހީބު ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން