ތާރާ ސުތާރިއާ
ތާރާ ސުތާރިއާ
ބޮލީވުޑަށް އަލަށް ނުކުތް ތަރިންގެ ތެރެއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ ލޯބި ލިބުނު ތާރާ ސުތާރިއާ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދާކަމަށް އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޮށްފިއެވެ.

ތާރާ އާއެކު އޭނާގެ ލޯބިވެރިޔާ އާދަރް ޖައިންވެސް ރާއްޖޭގައި ޗުއްޓީހޭދަކޮށްލުމުގައި ބައިވެރިވެފައިވާއިރު، ދެމީހުން އިހްތިޔާރުކޮށްފައިމިވަނީ ޑަބްލިއު މޯލްޑިވްސް ރިސޯޓެވެ. މީގެ ތިން ދުވަސް ކުރިން ރާއްޖެ އައިސްފައިވާ، ތާރާގެ މިޗުއްޓީ ހާއްސަވެފައިވަނީ އޭނާގެ 25 ވަނަ އުފަންދުވަސް ފާހަގަކޮށްލުމަށެވެ.

2019 ވަނަ އަހަރު ކަރަން ޖޯހަރުގެ ސްޓޫޑެންޓް އޮފް ދަ އިޔަރ އިން ފިލްމީ ދާއިރާއަށް ނުކުތް ތާރާ ސުތާރިއާއަށް ވަނީ ގިނަ ބައެއް ލޯތްބާ ތަރުހީބުލިބިފައެވެ. އަދި މިފިލްމުގައި ތާރާގެ ރޯލަށް ބެސްޓް ފީމޭލް ޑެބިއު އެވާޑްވެސް ވަނީ ލިބިފައެވެ. ތާރާ ދެން ފެނިގެންދިޔައީ، 2019 އަހަރު ނުކުތް ހިންދީ ފިލްމު މަރްޖާވާނ އިންނެވެ. އަދި ދެން އޭނާ ފެނިގެންދާނީ ސުނިލް ޝެޓީގެ ދަރިފުޅު އަހާން ޝެޓީ އާއެކު ހިންދީ ފިލްމު ތަޅަޕް އިންނެވެ.

ތާރާ ސުތާރިއާގެ އިތުރުން ގިނަ ބޮލީވުޑްގެ ތަރިންތަކެއް މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖޭގައި ޗުއްޓީހޭދަކޮށްފައިވެއެވެ. ބޮލީވުޑްގެ ތަރިންގެ ތެރޭގައި މަޝްހޫރު މަންޒިލަކަށް ދިވެހި ރާއްޖެ ވެފައިވާއިރު، ގިނަ ތަރިން ރާއްޖެ ސިފަކުރަނީ ދެވަނަ މުމްބާއީގެ ގޮތުގައެވެ.

މިގޮތުން ބޮލީވުޑްގެ ތަރިން ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސް އަމިއްލަ ގައުމުދެކެވާލޯބި ދިވެހިރާއްޖެ ދެކެވެސް ވާކަމަށް ބުނެ، ރާއްޖެ އަކީ ދެވަނަ މުމްބާއީގެގޮތުގައި ސިފަކޮށްފައިވެއެވެ.

ތާރާ ސުތާރިއާގެ އިތުރުން، ދިވެހި ރާއްޖޭގައި މިއަހަރު ޗުއްޓީ ހޭދަކޮށްލަން އައި ތަރިންގެ ތެރޭގައި ތާޕްސީ ޕަންނޫ، ވަރުން ދަވަން، މޯނީ ރޯޔީ، ނޭހާ ދޫޕިޔާ، އަންގަދް ބޭދީ، ކާޖަލް އަގަރްވާލް، ރާކުލް ޕްރީޓް ސިންގ، ދީޝާ ޕަޓާނީ އަދި ޓައިގަރ ޝްރޮފް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައި އޮންނަގޮތުން، ކޮވިޑުގެ ބަލިމަޑު ކަމުގެ ތެރޭގައިވެސް ރާއްޖޭގެ ރިސޯޓުތައް މިވަނީ ރައްކާތެރި މަންޒިލަކަށް ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން