ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގ އަދި އޭނާގެ ފިރިމީހާ ހަރްޝް ލިމްބަޗިޔާ.
ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގ އަދި އޭނާގެ ފިރިމީހާ ހަރްޝް ލިމްބަޗިޔާ.
އިންޑިއާގެ ބޮލީވުޑްގައި މިހާރު ފެންމަތިވެގެން އުޅޭ ބޮލީވުޑް ތަރިން ޑްރަގް ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ ތަހުހީގަށް އެންމެ ފަހުން ހާޒިކުރި ބޮލީވުޑްގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގ ހައްޔަރުކޮށްފިއެވެ.

ބާރްތީ ސިންގ ހައްޔަރު ކޮށްފައިވަނީ، އިންޑިއާގެ ފިލްމީތަރި، ސުޝާންތު ސިންގް ރާޖްޕޫތު ގެ ކުއްލި މަރާ ގުޅިގެން، އިންޑިއާގެ އެންސީބީއިން ކުރިއައް ގެންދާ މަސްތުވާ ތަކެތީގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރެވިފައިވާ ފަރާތްތަކުން ލިބުނު މަޢުލޫމާތަކާ ގުޅިގެން ބާރްތީ ސިންގ ދިރިއުޅެމުންދާ ގެ ބަލާ ފާސްކުރުމަށްފަހުއެވެ. ބާރްތީ ސިންގ ދިރިއުޅެމުންދާ ގެ ބެލިއިރު މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްގެ ކުޑަ މިންވަރެއް ފެނިފައިވާކަމަށް އެންސީބީގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

އެންސީބީ އަށް ލިބުނު މަޢުލޫމާތާއި ގެއިން ފެނުނު މަސްތުވާތަކެއްޗަށް ފަހު މިއަދުގެ ވަގުތެއްގައި ބާރްތީ ސިންގ އަދި އޭނާގެ ފިރިމީހާ ހަރްޝް ލިމްބަޗިޔާ ވަނީ އެންސީބީއަށް ސުވާލު ކުރުމަށް ހާޒިރު ކުރެވިފައެވެ. ސުވާލުކޮށް ނިމުމަށްފަހު ބާރްތީ ސިންގ ވަކިން އެންސީބީގެ ވޭނުގައި ގެންދިޔަ ތަން ފެނުނުކަމަށް މަންޒަރު ދުއްމީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އިންޑިއާގެ އެންސީބީއިން ކުރިއައް ގެންދާ މަސްތުވާ ތަކެތީގެ މައްސަލައިގެ ތަހުގީގަށް މިދިޔަ ހަފްތާގައި ބޮލީވުޑްގެ ފިލްމީ ތަރި އަރްޖުން ރާމްޕާލް ދިރިއުޅެމުންދާ ގެ ބަލައި ފާސްކުރުމަށްފަހު، ތަހުގީގަށް ސުވާލު ކުރުމަށް އަރްޖުން ރާމްޕާލް އަދި އޭނާގެ އަންހެނުން ގެބްރިއެލް އެންސީބީއަށް ހާޒިރު ކޮށްފައިވެއެވެ.

ހަމަ މިމައްސަލައިގެ ތަހުގީގަށް، ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ، ދީޕިކާ ޕަޑުކޯން، ޝްރައްދާ ކަޕޫރް، ރާޚުލް ޕްރީޓް ސިންގ އަދި ސާރާ އަލީ ޚާން ވެސް ވަނީ މީގެ ކުރިން އެންސީބީއަށް ހާޒިރުކޮށް ސުވާލުކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން