ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް (އެންއާރްއެސްސީ) ގެ އެކެޑަމީގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، އަތޮޅުތެރޭގެ އިތުރު ހަތަރު ރަށެއްގައި ވަރަށް އަވަހަށް އެކެޑަމީ ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކްލަބުގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން ވިދާޅުވި ގޮތުގައި އަތޮޅުތެރޭގެ ރަށްރަށުގައި އެކެޑަމީ ފެށުމަށް ބޭނުންވާ ޓްރެއިނިން ކިޓްތަކާއި އެހެނިހެން ކުޅިވަރު ވަސީލަތްތައް މިހާރު ވަނީ ހޯދައި ނިމިފައެވެ. އެހެންކަމުން، ވަރަށް އަވަހަށް އަތޮޅުތެރޭގެ ރަށްރަށުގައި އެކެޑަމީގެ ޚިދުމަތް ފެށިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެކެޑަމީގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ބޭރުގެ ކޯޗުން ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މުބީން ވިދާޅުވިއެވެ.
އަދި މިހާރު އާންމުކޮށް ކޮންމެ އުމުރުފުރާއަކަށް ޓްރެއިނިންތައް ކުރިއަށް ގެންދިޔަ ނަމަވެސް، ބޭރުގެ ކޯޗުން އައުމާއެކު ކޮންމެ އުމުރުފުރާއަކުން ވެސް ނިއު ރޭޑިއަންޓް ތަމްސީލުކުރާ ޚާއްޞަ އެލީޓް ޓީމުތަކެއް ނަގައި، އެ ޓީމުތަކަށް ވަކިން ޚާއްޞަ ތަމްރީނުތަކެއް ދޭން ފަށާނެ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
ކްލަބުގެ ސީނިއާ ނުވަތަ ބޮޑު ޓީމަށް ބޭނުންވާ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގައި އެކެޑަމީއަށް ވަރަށް ބޮޑު ދައުރެއް ދިނުމަށް ނިންމާފައިވާކަން ފާހަގަކުރައްވައި މުބީން ވިދާޅުވީ، އެކެޑަމީއަށް ގެންނަ ބޭރުގެ ކޯޗުންނާ އެ ޒިންމާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ކްލަބުން ޤަޞްދުކުރާ ކަމަށެވެ.
މި ބަދަލުތަކާއެކު ކުރިއަށް އޮތް ތަނުގައި ނިއު ރޭޑިއަންޓް އެކެޑަމީގެ މަސައްކަތްތައް ވަރަށް ބޮޑުތަނުން ފުޅާވެ، ކުރިއަރައިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު