އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް
އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން އަލަށް ފަށާ ތަރައްގީގެ މަޝްރޫއުތައް ވަރަށް ބޮޑަށް މަދުވާނެ ކަމަށް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ކުޑަވުމާއެކު، އާ ޕްރޮޖެކްޓްތައް ފެށުމުގެ ބަދަލުގައި ބަޖެޓް އެކުލަވާލާފައިވަނީ މިހާރުވެސް ފަށާފައި ހުރި މަޝްރޫއުތައް ނިންމުމަށް އިސްކަންދީގެން ކަމަށެވެ.

އަދި އޭގެ ސަބަބުން ހުއްޓިފައިވާ އަދި ކުރިއަށްދާ މަޝްރޫއުތައް ނިންމާލުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތައް އެއްކައިރިކޮށް، ހަމައެކަނި މި ސަރުކާރުގެ އަމިއްލަ އެޖެންޑާއާއެކު ކުރިއަށް ދިއުމުގެ ފުރުސަތު ސަރުކާރަށް އޮތް ކަމަށެވެ.

ނަމަވެސް، އެ މަޝްރޫއުތަކަކީ ސަރުކާރުގެ "ދޮންދަރިން" ފަދައިން ދެކި ދޫކޮށްލުމުގެ ބަދަލުގައި، ސަރުކާރުން މަސައްކަތް ކުރަމުން އައީ އެއީވެސް އަމިއްލަ ސަރުކާރުގެ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި ދެކިގެން، ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމަށް ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް