މަކަރާއި ހީލަތުން ހޯދާ ފައިސާ ދައުރުކުރުމަށާއި އޭޓީއެމް މެދުވެރިކޮށް ނަގުދު ފައިސާގެ ގޮތުގައި ނެގުމަށްޓަކައި، ކުށްވެރިން ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންނަށް އަމާޒުކޮށް، އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ނަގުދު ފައިސާގެ ގޮތުގައި ނަގައި ހަވާލުކޮށްދިނުމުން، ބަދަލުގައި އިތުރު ޓިޕްސް ނުވަތަ އިނާޔަތްތައް ދޭނެ ކަމަށް ބުނެ ހުށަހަޅަމުންނެވެ.
އެޕްލިކޭޝަން މެދުވެރިކޮށް ސައްހަ އޯޑަރެއް ފޮނުވުމަށްފަހު، ރަސްމީ ޗެނަލްތަކުން ބޭރުން ސީދާ ގުޅައިގެން ހިންގާ މިފަދަ މުއާމަލާތްތަކުގައި ބައިވެރިވެވުމަކީ، ތިމާއަށް ނޭނގި ނަމަވެސް ވަގަށް ނަގާފައިވާ ފައިސާ ދައުރުކޮށްދޭ "މަނީ މިއުލިންގ" ގެ ކުށުގައި ބައިވެރިވެވޭ ކަމެއް ކަމަށް ފުލުހުން ފާހަގަކުރެއެވެ.
މިފަދަ ސްކޭމްތަކުގައި ޖެހި، ކުށްވެރިން ހޯދާފައިވާ ފައިސާ އަމިއްލަ އެކައުންޓް މެދުވެރިކޮށް ދައުރުކުރުމުގެ ސަބަބުން ޑްރައިވަރުންނާއި ޑެލިވަރީ ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ފުލުހުން އިންޒާރުދެއެވެ.
އޭގެ ތެރޭގައި އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްވުމާއި، ހަލާލު ގޮތުގައި ހޯދާ އާމްދަނީއަށާއި ދުވަހުން ދުވަހަށް ކުރާ މާލީ މުއާމަލާތްތަކަށް ބުރޫއެރުމުގެ އިތުރުން، ޖިނާއީ ތަހުގީގުތަކަށް ހާޒިރުވާން ޖެހުމާއި ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުން ހިމެނެއެވެ.
ސަބަބަކީ ނަގުދު ފައިސާ ހަވާލުވުމަށްފަހު ސްކޭމަރުން ފިލައިގެންދާއިރު، މަކަރާއި ހީލަތުން ހިންގާފައިވާ މުއާމަލާތްތަކާ ގުޅިގެން ބޭންކުތަކަށާއި ތަހުގީގީ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށް ކަމަށްވާތީއެވެ.
އެހެންކަމުން، މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ކަސްޓަމަރުން ނުވަތަ ނުދަންނަ މީހުންގެ ފައިސާ ޖަމާކުރުމަށާއި ނަގުދު ފައިސާ ނެގުމަށް އަމިއްލަ ބޭންކް އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އަދި ގަބޫލުކުރާނީ ހަމައެކަނި ދަތުރުގެ ނުވަތަ ޑެލިވަރީގެ ސައްހަ އަގު އެކަނި ކަމަށާއި، އާންމު އުސޫލާ ހިލާފަށް ބޮޑެތި ޓިޕްސް ދޭން ހުށަހަޅާނަމަ އެކަމަށް ސަމާލުވެ، މުއާމަލާތްތައް ރަސްމީ ޕްލެޓްފޯމްގެ ތެރޭގައި ބެހެއްޓުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
މީގެއިތުރުން، އެކައުންޓަށް ޝައްކުކުރެވޭ ފައިސާއެއް ޖަމާވެއްޖެނަމަ އެ ފައިސާގައި އަތްނުލައި، ވަގުތުން ބޭންކަށާއި ފުލުހުންނަށް ރިޕޯޓުކޮށް، މެސެޖުތަކާއި ކޯލް ރެކޯޑްތައް ފަދަ ހުރިހާ ހެކިތަކެއް ރައްކާތެރިކުރުމަށްވެސް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު