ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް މާޒިޔާގެ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒައިރު ހަމަލާދިން މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މަހުގެ 17 ވަނަ ދުވަހުގެރޭ ކުޅެވި، 3-2 އިން ނިއު ރޭޑިއަންޓް މޮޅުވި މި މެޗުގައި ހިނގި ހަމަނުޖެހުމުގައި ސުޒައިރު ވަނީ ނިއުގެ އެސިސްޓަންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާގެ މޫނުމަތީގައި ޖަހައި ހަމަލާދީފައެވެ.
މި ހަމަލާގެ ސަބަބުން ލޫސިއާނޯގެ އަނގަމަތި ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވެފައިވާއިރު، މި ހާދިސާގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މެޗުގެ 77 ވަނަ މިނެޓުގައި ހިނގި މި ހާދިސާއާ ގުޅިގެން ރެފްރީ ވަނީ ސުޒައިރަށް ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މިއާއެކު، ނިއު ރޭޑިއަންޓުން ނެރުނު ބަޔާނެއްގައި ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މައްސަލަ ފުރިހަމައަށް ތަހުގީގު ކޮށްދިނުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.
އަދި ދަނޑުމަތީގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަހުމަދު ސުޒައިރާމެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅައިދިނުމަށްވެސް އެ ކްލަބުން ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު