ހުޅުމާލެ ހިއްކައި ތަރައްގީ ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވީ ނަމަވެސް، އަދިވެސް އެތަން އޮތީ ހަމައެކަނި "ނިދަން އަރާ ހާއްޔެއް" ފަދައިން ކަމަށާއި، ރަސްމާލެ ތަރައްގީ ކުރުމުގައި މި ސަރުކާރުގެ އަމާޒަކީ އެ ވިސްނުން ބަދަލުކޮށް، އަމިއްލަ އިގްތިސާދަކާއި ވަޒީފާގެ ފުރުސަތުތައް އޮތް ތަނަކަށް އެތަން ހެދުން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިއަދުވެސް ބްރިޖު ހުރަސްކޮށް 60،000 އަށް ވުރެ ގިނަ މީހުން ވަޒީފާއަށް މާލެއަށް އަންނަ ކަމަށާއި، އެހެންކަމުން ރަސްމާލެ ތަރައްގީ ކުރަނީ ހިދުމަތްތަކާއި އާމްދަނީ ހޯދުމަށް މާލެއަށް އަންނަން ނުޖެހޭނެ ގޮތަކަށް، އެ ރަށުން އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށްދިނުމަށް ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދޫކުރި އުސޫލުން، ވިޔަފާރިއެއް ކޮށް އާމްދަނީއެއް ހޯދޭނެ އެއްވެސް މަގެއް ނެތި ރަސްމާލެއިން ގޯތި ދޫކޮށްފިނަމަ ކުރިއަށް އޮތް 40 އަހަރު ވެސް އެތަން ތަރައްގީ ނުވާނެ ކަމަށެވެ.
އޭގެ ބަދަލުގައި ރަސްމާލޭގައި އިގްތިސާދެއް ގާއިމުކޮށް، 500 ހެކްޓަރުގެ ބޮޑު ސަރަހައްދުގައި މާލޭ ސަރަހައްދުން ބޯހިޔާވަހިކަން ނުދެވޭ އެންމެންނަށް ގެދޮރު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، 500 ހެކްޓަރުގެ ބިމުގައި 10 އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން 20 ބިލިއަން ޑޮލަރުގެ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއު ހިންގުމަށް އީގަލް ހިލްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި، އެ މަޝްރޫއުގެ ދަށުން ގެދޮރާއި، ހޮޓާ، ރިސޯޓު، މެރީނާ އަދި ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ މަރުކަޒުތައް ގާއިމުކުރުމަށް ރޭވިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު