ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ/ ބީއެމްއެލް
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ/ ބީއެމްއެލް
ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފާރުތައް ރޭނުމުގެ މަސައްކަތް ކަމަށް، އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

މި ސެންޓަރަކީ ކާރިސާތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ދެ ފަންގިފިލާއަށް އިމާރާތްކުރާ ތަނެކެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ ފާރުތައް ރޭނުމުގެ އިތުރުން، ފައުންޑޭޝަން އެޅުމަށްފަހު ކޮނެފައިވާ ތަންތަނާއި ފައުންޑޭޝަން ކައިރިއަށް އަލުން ފަސް އަޅައި، ބިންގަނޑު އެއްވަރުކޮށް ހަރުކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ސަރުކާރުން މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 6.50 މިލިއަން ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް