މޫސުމީ ބަދަލުތަކަށް ފެތޭހެން ޔުޓިލިޓީ ހިދުމަތްތައް ތަރައްގީކުރަން ރާއްޖެއަށް ހިލޭ އެހީ ލިބިއްޖެއެވެ.

ކޮޕް29 ގެ ރިޔާސަތާއި ކޮމަންވެލްތު ފަންޑު ފޯ ސިޑްސް ގުޅިގެން ދޭ އެ ހާއްސަ ހިލޭ އެހީއަށް ރާއްޖެ ހޮވުނުކަން ރަސްމީކޮށް އިއުލާނުކުރީ، ތިމާވެށީގެ ބައިނަލްއަގުވާމީ ސަމިޓުގެ ހަވާސާގައި ބޭއްވި "މޮބިލައިޒިންގ ގްރީން އެންޑް ބްލޫ އިންވެސްޓްމަންޓް ފޮރ ސިޑްސް" މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި ހިލޭ އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްރަށުގައި މޫސުމީ ބަދަލުތަކަށް ފެތޭނޭހެން ޔުޓިލިޓީ ހިދުމަތްތައް ތަރައްގީކުރުމާއި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ.

ހިލޭ އެހީއަށް ހޮވުނުކަން އިއުލާނުކުރި އިވެންޓުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަމްޖަދު އަބްދުﷲ ވަނީ، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ދައުލަތާއި އަމިއްލަ ފަރާތްތަކުގެ މާލީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް