ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް--
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް--
ޔޫރަޕްގެ 29 ގައުމުތަކަށް ދަތުރުކުރެވޭ ގޮތަށް ދޭ ޝެންގެން ވިސާ ދިވެހީންނަށް ފަސޭހައިން ލިބޭ ގޮތް ހަދަން މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދާ "އަހާ ފޯރަމް"ގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ޕާސްޕޯޓަކީ މިހާރު ގިނަ ގައުމުތަކުން ބަލައިގެންފައިވާ ޕާސްޕޯޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ޝެންގެން ވިސާ ނެގެނީ ލަންކާއަށް ގޮސްގެން ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގެ އޮފީހުން ނެގޭ ކަމަށެވެ. އަދި އެ ވިސާ ފަސޭހައިން ނެގޭނެ ގޮތް ހޯދަން މި އަހަރު ކުރީކޮޅު ފޮރިން މިނިސްޓްރީން ބައްދަލުވުންތަކެއް ބާއްވައިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެހެން ގައުމުތަކާއެކު ވިސާގެ ކަންކަން ހަމަޖައްސަން މަޝްވަރާތައް ކުރަމުންދާ ކަމަށެވެެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް