ރަސްމާލެ މަޝްރޫޢަކީ ބޭރުމީހުން ވަޒަންވެރިކުރުމުގެ ބަދަލުގައި، ރާއްޖެ ދަރަނީގެ ދަންތުރައިން ސަލާމަތްކޮށް ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދުމަށް ރިއަލް އެސްޓޭޓް ޓޫރިޒަމް (ހޮލިޑޭ ހޯމްސް) ތަޢާރަފުކުރުމަށް ރޭވިފައިވާ ފައިދާހުރި މަޝްރޫޢެއް ކަމަށް ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި ހައުސިންގ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރަސްމާލެ މަޝްރޫޢަކީ ބޭރުމީހުން ވަޒަންވެރިކޮށް އާބާދުކުރުމުގެ ބަދަލުގައި، ރާއްޖެ ދަރަނީގެ ދަންތުރައިން ސަލާމަތްކޮށް ދައުލަތަށް ދާއިމީ އަދި ބޮޑު އާމްދަނީއެއް ހޯދައިދިނުމަށްޓަކައި ހޮލިޑޭ ހޯމްސް ހިމެނޭހެން ރިއަލް އެސްޓޭޓް ޓޫރިޒަމް ތަޢާރަފުކުރުމަށް ރޭވިފައިވާ ފައިދާހުރި މަޝްރޫޢެއް ކަމަށެވެ.
އަދި މިއީ މުއްސަނދިން އައިސް އިންވެސްޓްކޮށް އެ އިންވެސްޓްމަންޓުން ފައިދާ ހޯދާގޮތަށް ބައްޓަންކުރެވޭ ޕްރޮޖެކްޓެއްކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ބިންތައް އެއްފަހަރާ ކުޑަ އަގެއްގައި ދޫކޮށްލުމުގެ ބަދަލުގައި ދައުލަތަށް ދާއިމީކޮށް ބޮޑު އާމްދަނީއެއް ލިބޭނެ މެކޭނިޒަމެއްގެ ތެރެއިން މިކަން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި މިހާރު ރާއްޖޭގައި އޮތް ”ވަން ރިސޯޓް ވަން އައިލެންޑް“ ކޮންސެޕްޓުން 25،000 ހެކްޓަރުގެ ސަރަހައްދަކުން ޓެކުހާއި ކުލީގެ ގޮތުގައި ދައުލަތަށް 830 މިލިއަން ޑޮލަރު ލިބޭއިރު، 500 ހެކްޓަރުގެ ރަސްމާލެ މަޝްރޫޢު ފަދަ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ޒަރީޢާއިން މުޅި ޓޫރިޒަމް ސެކްޓަރުން ލިބޭ ޓެކުހުގެ 40 އިންސައްތައާ އެއްވަރުގެ އާމްދަނީއެއް ލިބި، ޤައުމުގެ މާލީ ހާލަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރަސްމާލޭގައި ތަރައްގީކުރާ 'މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ' މަޝްރޫއު، ހިންގުމަށް ހަވާލުކޮށްފައިވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫ.އޭ.އީ) ގެ އީގަލް ހީލްސް ކުންފުންޏާއެވެ. މި މަޝްރޫއު ނިމުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް އިތުރު އެއް މިލިއަން ފަތުރުވެރިން އިތުރުވާނެކަމަށް އެކުންފުނިން ލަފާކުރެއެވެ. އަދި އިމާރާތްކުރުމުގެ މަރުހަލާގައި 40،000 ވަޒީފާ އުފެދޭނެ ކަމަށާއި، މަޝްރޫއު އެއްކޮށް ނިމުމުން ދާއިމީ ގޮތެއްގައި 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށް އީގަލް ހީލްސް އިން ބުނެއެވެ.
ޖުމްލަ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ލަފާކުރާ މި ބޮޑު މަޝްރޫއުގައި ހޮޓާތަކާއި ރިސޯޓުތަކާއި، މަތީ ފަންތީގެ ރެސިޑެންސްތަކާއި، މެރީނާއަކާއި، ވޯޓާފްރަންޓް ޕްރޮމެނާޑްތަކުގެ އިތުރުން ސިއްހީ އަދި ތައުލީމީ ޚިދުމަތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު