ބަންގްލަދޭޝްގެ ސިލްހެޓްގެ އޮސްމާނީ ނަގަރް ސަރަޙައްދުގައި ހިނގި އާއިލީ މައްސަލައެއްގެ ތެރެއިން، ފިރިމީހާގެ ބޭބެ ބަނޑުގައި ކޮޅުފައިން ޖެހުމުގެ ސަބަބުން އަނިޔާވި މާބަނޑު އަންހެނަކު މަރުވެއްޖެއެވެ.
ބަންގުލަދޭޝްގެ ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ލަކީ ބޭގަމް އެވެ. އޭނާ މަރުވެފައިވަނީ ހުކުރު ދުވަހު ލިބުނު އަނިޔާތަކަށް ސިލްހެޓް ސިޓީގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް، ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން ހޯމަ ދުވަހުގެ ފަތިހު 3:00 ހާއިރުއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުން، މި ހާދިސާ ހިނގަން މެދުވެރިވީ ލަކީ ބޭގަމްގެ ފިރިމީހާ ޖުނައިދު މިއާ އާއި އޭނާގެ ބޭބެ ކަބީރު މިއާ އާ ދެމެދު ހުކުރު ދުވަހުގެ މެންދުރުފަހު ހިނގި އާއިލީ ދެބަސްވުމެއްގެ ތެރެއިންނެވެ.
މި ދެބަސްވުން ހޫނުވެ ތަޅާފޮޅުމަކަށް ބަދަލުވި ވަގުތު، އެކަން ހުއްޓުވުމަށް ލަކީ ބޭގަމް ދެމެދަށް ވަނުމުން ކަބީރު ވަނީ އޭނާގެ ބަނޑުގައި ކޮޅުފައިން ޖަހައި ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ.
އޮސްމާނީ ނަގަރް ޕޮލިސް ސްޓޭޝަންގެ އޮފިސަރ-އިން-ޗާޖް ގޮލާމް މުސްތަފާ ވަނީ ލަކީ ބޭގަމް މަރުވިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ސިލްހެޓް އެމް.އޭ.ޖީ އޮސްމާނީ މެޑިކަލް ކޮލެޖް ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ލަކީ ބޭގަމްއަށް ހަމަލާދިން ކަބީރު މިއާ ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭނާއާ ދެކޮޅަށް މައްސަލަ ރަޖިސްޓްރީކޮށް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު