ޒުވާނުންތަކެއް-- ފޮޓޯ/ ސަރުކާރު ވެބްސައިޓް
ޒުވާނުންތަކެއް-- ފޮޓޯ/ ސަރުކާރު ވެބްސައިޓް
4000އަށް ވުރެ ގިނަ ޒުވާނުންނަށް ލޯނުގެ ފުރުސަތު ފަހިކޮށްދެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމާ ދިމާކޮށް މިރޭ ކުރިއަށްދާ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ 4061 ޒުވާނުންނަށް ލުއިލޯނުގެ އެކި ފެސިލިޓީ ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޒުވާނުންނަށް ލޯން ފެސިލިޓީ ފޯރުކޮށްދިން ސްކީމްތަކުގެ ތެރޭގައި އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދިން ލޯން ސްކީމާއި ކޮންޓެންޓް ކްރިއޭޓާ ފައިނޭންސިން ސްކީމާއި ޒުވާން ވިޔަފާރިވެރިންނަށް ހާއްސަ ސްކީމް ހިމެނެއެވެ.

"އެ ފަރާތްތަކުން އަމިއްލައަށް ކުދިކުދި ވިޔަފާރިތައް ފަށައިގެން ނޫނީ ފަށާފައިހުރި ވިޔަފާރިތައް އިތުރަށް ވަރުގަދަކުރަނީ. އެހެންވީމާ އެއީ އަޅުގަނޑު މި ދެންނެވި ވާހަކައަކީ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުދިއަދި މެދު ފަންތީގެ ވިޔަފާރިއަކީ ވަރަށް އިސްކަންދޭ ދާއިރާއެއް ކަމަށާއި ބޭނުންވަނީ ކޮންމެ ފަރުދަކަށް ވެސް ފާގަތިކަން ހޯދައިދޭން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު