އެމްޑީޕީގެ ވެރިކަމެއްގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް، ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމައަގާއި އެކަށީގެންވާ މާކެޓެއް ކަށަވަރުކޮށްދެއްވާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ މާރުކޭޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ ވިޔަފާރިވެރިންނާއި ޢާންމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެމަނިކުފާނު ވިދާޅުވީ، ލޯކަލް މާރުކޭޓުތަކަކީ ދިވެހި އުފެއްދުންތަކަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މަޤްޞަދުގައި ޤާއިމުކުރެވިފައިވާ ތަންތަން ކަމުގައި ވީނަމަވެސް، މިއަދު އެ ތަންތަނުން ފެންނަމުންދަނީ އެއާ މުޅިން ޚިލާފު މަންޒަރެއް ކަމަށެވެ. އަދި ޤައުމުގެ އުފެއްދުންތެރިކަން ކުރިއެރުވޭނީ، އެފަދަ މަސައްކަތްތަކަށް ފަހި ފުރުޞަތުތަކެއް ހުޅުވާލައި، ދިވެހިންނަށް ފަސޭހައިން އެކަން ކުރެވޭނެ މަގުތައް ތަނަވަސްކޮށްދީގެން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ތަރައްޤީކުރުމަކީ ބޭރުގެ މާކެޓުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ކޮންމެހެން މުހިންމު ކަމެއްކަން ބަޔާންކުރައްވަމުން ފައިސަލް ވިދާޅުވީ، ކާބޯތަކެއްޗާއި އެހެނިހެން މުދާ އެތެރެކުރުމަށްޓަކައި ބޮޑެތި ޢަދަދުތަކުން ބޭރު ފައިސާ (ޑޮލަރު) ހޭދަކުރަންޖެހޭ ކަމަށެވެ. އެހެންކަމުން، ރާއްޖޭގައި އުފެއްދެން ހުރި ތަކެތި ޤައުމުގައި އުފެއްދުމަކީ އިޤްތިޞާދަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އެމްޑީޕީގެ ސަރުކާރެއްގައި ރާއްޖެއަށް އެތެރެކުރާ ދަނޑުވެރިކަމުގެ ބާވަތްތައް މަދުކުރެވޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފަސޭހަތަކާއެކު ދަނޑުވެރިކަން ކުރެވޭނެ މަގުފަހިކޮށްދީ، އެ އުފެއްދުންތައް ތާޒާކަމާއެކު އެއް ރަށުން އަނެއް ރަށަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް ފޯރުކޮށްދެވޭނެ ފަދަ ހަރުދަނާ ވިއުގައެއް ޤާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ޒިޔާރަތުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހުގައި މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު