އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" (އެޗް.އައި.ސީ.ޑީ.ޕީ) ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގެ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ (އެމް.އޯ.ޔޫ) އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 އޮކްޓޫބަރު 29 ވީ ބުރާސްފަތި ދުވަހު ޚާރިޖީ ވުޒާރާގައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ތަރައްޤީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދިޔަ މި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ. މީގެއިތުރުން، މި މަޝްރޫޢު ތަންފީޒުކުރާ މުއައްސަސާގެ ހައިސިއްޔަތުން ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، ރަށްރަށުގައި ފިޓްނަސް އަދި ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަމަހަމަ ތަރައްޤީއާއި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ވަޢުދުފުޅާ އެއްގޮތްވާ ކަމެއް ކަމަށެވެ. އަދި މި އަހަރުގެ ޖުލައި މަހު 42 ރަށަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމުގެ ދަށުން މިހާރުވެސް ޢަމަލީ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވައި، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން އިތުރު 3 ރަށަކަށް މި ފުރުޞަތު ފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން އިންޑިއާއާއެކު އޮންނަ އެއްބާރުލުމަކީ ޤައުމީ އިސްކަންދޭ ކަންކަމަށް ޢަމަލީ ނަތީޖާއެއް ގެނެސްދީ، ރައްޔިތުންނަށް ދުޅަހެޔޮ އަދި ޙަރަކާތްތެރި ދިރިއުޅުމެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ޢަބްދުﷲ ރާފިޢު ދެއްކެވި ވާހަކަފުޅުގައި، މި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކުގެ ސަބަބުން ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް އަދި މުޖުތަމަޢުގެ އެއްބައިވަންތަކަން އާލާކުރުމަށް ފަސޭހަ މާޙައުލެއް ޤާއިމުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށް، ޚާއްޞަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި ކަސްރަތުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ފަހިވެ، ރަށްރަށުގެ ޢާންމު ދުޅަހެޔޮކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޖުތިމާޢީ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ މެދުކެނޑުމެއްނެތް އެހީތެރިކަމަށްޓަކައި ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ޚާރިޖީ ވަޒީރު އިރުތިޝާމް ވަނީ އިންޑިއާގެ ރައްޔިތުންނަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރަށާއި، ސަފީރު ބާލަސުބްރަމާނިއަން އަދި އެމްބަސީގެ ޓީމުން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މަސައްކަތްޕުޅުތަކަށް އިޚްލާޞްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު