އެމްޑީޕީގެ ގައުމީ މަޖިލިސް
އެމްޑީޕީގެ ގައުމީ މަޖިލިސް
ޔޫއޭއީގެ ކުންފުނި، އީގަލްސް ހިލްސްއަށް ރަސްމާލެ ދީގެން ހިންގަން އުޅޭ ބޮޑު މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ސަރުކާރަށް ގޮވާލަން އެމްޑީޕީގެ ގައުމީ މަޖިލިސްއިން ފާސްކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގައި އެ ގަރާރު ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެމްބަރު މަހުފޫޒް ސައީދުއެވެ.

މަހުފޫޒް ހުށަހެޅުއްވި ގަރާރު ފާސްކުރީ އެ ވޯޓުގައި ބައިވެރިވި 57 މެމްބަރުންގެ ވޯޓުންނެވެ. އެ ގަރާރަށް ނޫނެކޭ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އެކަންޏެވެ.

ރައީސް މުއިއްޒު ވަނީ އެ މަޝްރޫއުއަށް ފުރިހަމައަށް ތާއިދުކުރައްވާކަން ހާމަކުރައްވައި އެ މަޝްރޫއާ ދެކޮޅުވި އެމްޑީޕީގެ މެމްބަރުންނަށް ފާޑުވިދާޅުވެސް ވެފައެވެ.

މިރޭ ފާސްކުރި ގަރާރުގައި ރަސްމާލެ މަޝްރޫޢު އާއި ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓު ނަގަން ސަރުކާރަށް ގޮވާލުމަށާއި އެކަމަށް އިޖާބަ ނުދީފިނަމަ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތައް ގުޅިގެން ސީދާ ހަރަކާތަށް ނުކުތުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް