މާލޭގެ އިމާރާތެއްގެ ފުރާޅުމަތީގައި ބުޅާ ތަކެއް
މާލޭގެ އިމާރާތެއްގެ ފުރާޅުމަތީގައި ބުޅާ ތަކެއް
ނ. ފޮއްދޫގައި ބުޅަލަށް އަނިޔާކޮށް މަރާތީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެރަށުގެ ކައުންސިލްއިން މިއަދު ދީފިއެވެ.

ފޮއްދޫގައި އުޅޭ ބުޅަލަށް ބައެއް ފަރާތްތަކުން އަނިޔާކޮށް ފުރާނައަށް ގެއްލުންދީ ހަދަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަން ފާހަގަކޮށް އެ ރަށުގެ ކައުންސިލްއިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނީ އެފަދަ އަމަލުތަކަކީ ކައުންސިލުން އެއްވެސް ވަރަކަށް ބަލައިނުގަންނާނެ ކަމަށެވެ. އަދި އެކަން ނުކުރަން ކައުންސިލްއިން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި އެފަދަ އަމަލުތައް ހިންގުމަކީ ގާނޫނީ ކުށަކަށް ވީ ހިނދު މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު "ޖަނަވަރު ރައްކާތެރި ކުރުމުގެ ގާނޫނުގެ" ދަށުން ފިޔަވަޅު އަޅާނެކަމަށް ވެސް ކައުންސިލްއިން ބުންޏެވެ.

ބުޅަލަށް ގޯނާކުރުމުގެ މައްސަލަ ފޮއްދޫގައި ބޮޑުވެފައިވާއިރު އެ ރަށުގައި ބުޅަލަށް ކާން އެޅުމުގެ މައްސަލަ ބޮޑުވެގެން ދާދި ފަހުން އެކަމާ ގުޅޭ ގަވައިދެއްވެސް ކައުންސިލްއިން ހެދިއެވެ. އެ ގަވައިދުގެ ދަށުން ޖަނަވާރަށް ކާންދޭން ބޭނުންވާ ފަރާތްތަކުން ޖަނަވާރަށް ކާން އެޅޭނީ ގްރީން ހައުސް ސަރަޙައްދާއި ލޯކަލް ބީޗް އާ ކައިރިނުވާ ސަރަހައްދަށެވެ. އަދި އާންމު އިޖްތިމާއީ ސަރަޙައްދު ތަކާއި މީހުންގެ ގެވަޅުތަކާއި ފަޅުގޯތި ގޯއްޗަށް ކާން އެޅުން މަނަލެވެ.



ކިޔުންތެރިންގެ ހިޔާލު