ބުޅާ ގެންގުޅުމަށް ޚާއްޞަކޮށްގެން ވަކި ރަށެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރަށްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް މިއަދު ވިދާޅުވީ، ރާއްޖޭގައި ކެޓް އައިލެންޑެއް ތަރައްޤީ ކުރުމަށް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް މިހާރު ޕްރޮޕޯސަލް ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިވަގުތު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރާއްޖެ ފަދަ ޤައުމެއްގައި މިފަދަ ރަށެއް ޒަމާނީ ފެސިލިޓީތަކާއެކު ތަރައްޤީކޮށް ހިންގިއްޖެނަމަ، އެކަން ވެގެންދާނީ ބައިނަލްއަޤްވާމީ ދުނިޔޭގެވެސް ބޮޑު ސަމާލުކަމާއި ޝައުޤުވެރިކަމެއް ލިބިގެންދާނެ ކަމަކަށް ކަމަށެވެ.
މީގެއިތުރުން، މާލެ ސަރަޙައްދުގެ މަގުމަތީގައި ބުޅާ ގިނަވުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ "އޮޅުހިޔާ" ޕެޓް ކެއަރ ފެސިލިޓީގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
މިވަގުތު އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު، މިހާރު ކުރިއަށްދާ އެކްސްޓެންޝަން މަސައްކަތްތައް ނިމުމުން އެތަނުގައި 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޮޅުހިޔާގެ ޖާގަ އިތުރުކުރެވިގެން ދިޔުމަކީ މާލެ ސަރަޙައްދުގެ މަގުމަތީގެ ބުޅަލުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށާއި، އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާއާއި އެންމެހައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވެ، އާންމު ސިއްޙަތަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި "އޮޅުހިޔާ" ފެސިލިޓީ ރަސްމީކޮށް ހުޅުއްވައި ދެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ކިޔުންތެރިންގެ ހިޔާލު