އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަކީ ހަވާލުވެ ވަޑައިގަންނަވާ ކޮންމެ ކަމެއްގައި ނަތީޖާ ނެރެދެއްވާ ބޭފުޅެއްކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ސައީދުއަށް ވަރަށް ބޮޑަށް ތައުރީފްކުރައްވައިފިއެވެ.
ސައީދުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ނަމަވެސް ބޮޑު އަޣުލަބިއްޔަތުން ވަނީ ސައީދުއަށް އިތުބާރު އޮތް ކަމަށް ފާސްކޮށްފައެވެ.
ސައީދުގެ އިތުރުބާރު އޮތް ކަމަށް ފާސްކޮށްފައިވަނިކޮށް މިނިސްޓަރު ޝިޔާމް މިއަދު އެކްސްގައި ވިދާޅުވީ އޭނާ މިނިސްޓަރު ސައީދު ދަންނަންފެށީ 2013 ގައި އުފެދުނު ޕީޕީއެމް ގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށެވެ. އަދި މިނިސްޓަރ ސައީދު ފާހަގަ ކުރެވެނީ ހަވާލުވެ ވަޑައިގަންނަވާ ކަމެއް ޑެލިވާ ކުރައްވަން ކޮމިޓްމަންޓާއެކު މަސައްކަތްޕުޅު ކުރައްވާ ނަތީޖާ ނެރުއްވާ ބޭފުޅެއްގެ ގޮތުގައިކަމަށް ވެސް ވިދާޅުވިއެވެ.
އިދިކޮޅު ސައީދުގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހެޅީ ސައީދުގެ ގިނަ މައްސަލަތަކެއް ފާހަގަކުރުމަށް ފަހުއެވެ. އިދިކޮޅުން ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި، އިޤްތިޞާދީ ރިފޯމްތައް ގެނައުމަށް އެދެވޭ ސިޔާސަތުތަކެއް ތަންފީޒު ނުކުރެވި، ބޭރު ފައިސާގެ ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް އަރައިގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން ދައުލަތުގެ މާލީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި ދުބާއީ، އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކުގައި ބޭއްވި އިންވެސްޓަރ ފޯރަމްތަކަށާއި ރަސްމިއްޔާތުތަކަށް ބޮޑެތި ޚަރަދުތަކެއް ކޮށް، އޭގެ ތަފްޞީލާއި އިންވެސްޓްމަންޓްތަކުގެ މަޢުލޫމާތު ހާމަކޮށްފައި ނުވާ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު