ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް އަނެއްކާވެސް އިތުރުވަމުން އަންނާތީ، އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ފަހަކަށް އައިސް ރިޕޯޓްކުރާ ސްކޭމްގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޑޮލަރު ފަދަ ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން 31 ގެ ނިޔަލަށް އެކަނިވެސް ސްކޭމްގެ ޖުމްލަ 32 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މައްސަލައަކީ ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތްތަކެވެ. އެގޮތުން އެފަދަ 17 މައްސަލައެއް ފާއިތުވި ހަފުތާގެ ތެރޭގައި ވަނީ ރިޕޯޓުކޮށްފައެވެ.
މިދިޔަ ހަފުތާގައި ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި އާންމުންގެ އަތުން ޖުމްލަ 737،695 ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އޭގެ ތެރެއިން ފުލުހުންނަށް މިހާތަނަށް އަނބުރާ ހޯދިފައިވަނީ 144،558 ރުފިޔާއެވެ.
މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އިރުޝާދު ދެމުން ފުލުހުން ބުނެފައިވަނީ، ބާޒާރުގެ ރޭޓަށް ވުރެ އާދަޔާ ޚިލާފަށް ރަނގަޅު އަގެއްގައި ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށް ބުނާނަމަ، އެއީ ސްކޭމަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ކުރިން، މާރުކުރާ ފަރާތުން ފޮނުވަންޖެހޭ ފައިސާ އެކައުންޓަށް ޖަމާވިތޯ ކަށަވަރުކުރުމަށާއި، މުއާމަލާތްކުރަނީ ކާކުކަން ސާފުކޮށް ޔަގީންނުވާ ހާލަތްތަކުގައި އެއްވެސް ފަރާތަކަށް ފައިސާ ނުފޮނުވުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ހިސާބުތައް ދައްކާ ގޮތުން، ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތަކަށް ފަހު ދެން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްތަކެވެ. އެފަދަ ހަ މައްސަލައެއް ފާއިތުވި ހަފުތާގައި ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ ހަތަރު މައްސަލައަކާއި، އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދުމުގެ މައްސަލައެއްގެ އިތުރުން، އެހެނިހެން ބާވަތްތަކުގެ ހަތަރު މައްސަލައެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު