މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކޮށްފައިވާ މާދަމާގެ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 13 މެންބަރުންގެ ސޮޔާއެކުގައެވެ.
މިދިޔަ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް ބަޔާންކޮށް އެ މެންބަރުން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ، ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މިނިސްޓަރު ސައީދު އިހުމާލުވެ ވަޑައިގެންފައިވާ ކަމަށެވެ.
އަދި މަޖިލީހަށް ޖަވާބުދާރީވުމުގެ ވާޖިބު އަދާކުރުމުގައި ވެސް އިހުމާލުވެ، މިނިސްޓަރުން ކުރުން މަނާކޮށްފައިވާ ފަދަ އަމަލުތަކެއް އޭނާ ހިންގަވާފައިވާ ކަމަށް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ. އެހެންކަމުން ސައީދުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައަޅައި، އޭނާ މަގާމުން ވަކިކުރުމަށް އެ ގަރާރުގައި ވަނީ އެދިފައެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ، އެ ގަރާރުގެ ބަހުސް މަޖިލީހުގައި ކުރިއަށްގެންދިއުމަށް މެންބަރުންނަށް އެއްގަޑިއިރުގެ ވަގުތެއް ދިނުމަށެވެ. މީގެއިތުރުން، މި މައްސަލައިގެ ބަހުސް މަޖިލިސް ތަޅުމުގައި ކުރިއަށްދާ އިރު، މިނިސްޓަރަށް އަމާޒުކޮށް މެންބަރުން ދައްކަވާ ވާހަކަތަކަށް ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި، މަޖިލިސް ތަޅުމުގައި މިނިސްޓަރު ސައީދަށް ވެސް އެއްގަޑިއިރުގެ ވަގުތެއް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު