1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއިން ގައުމު ސަލާމަތްކުރުމުގައި، އޭރުގެ ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެން.އެސް.އެސް) ގެ އިސް އޮފިސަރެއްގެ ގޮތުގައި ހުންނަވައިގެން މޭޖަރ އާދަމް ޒާހިރު (ފަހުން ކޮމިޝަނަރ އޮފް ޕޮލިސް) ވަނީ ގައުމު ދިފާއުކުރުމުގަޔާއި މުވާސަލާތީ ކަންކަން އިންތިޒާމުކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައި ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ފަޚުރުވެރި 38 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު 'އެކްސް' ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ދުޝްމަނުން ބަލިވެ، ދިވެހިންގެ ބަޔަކު ރަހީނުކޮށްގެން ފިލަން މަސައްކަތްކުރި ވަގުތު، އެ ރަހީނުން ސަލާމަތްކުރުމަށްޓަކައި ހިންގުނު ނުރައްކާތެރި އޮޕަރޭޝަންގައި ދިވެހި ސިފައިންގެ ތެރެއިން މޭޖަރ އާދަމް ޒާހިރު އިސް ދައުރެއް އަދާކުރެއްވި ކަމަށެވެ.
މީގެއިތުރުން، އެ ހަމަލާއަށްފަހު ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގުކޮށް ހޯދުމަށް ހިންގުނު ބޮޑު ތަހުގީގުގައި ވެސް އެންމެ އިސް ރޯލެއް އަދާކުރެއްވީ އެމަނިކުފާނު ކަމަށް އެ ޕޯސްޓުގައިވެއެވެ. ފުލުހުން ބުނީ، ގައުމީ ފެންވަރުގައި ހިންގުނު މި މުހިންމު ތަހުގީގު ވަރަށް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ އޭރުގެ ފުލުސް އޮފީހުގައި މަސައްކަތްކުރެއްވި ހީވާގި ބޭކަލުން ކަމަށެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ގައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި ފުރާނައިން ގުރުބާންވި މަތިވެރި ޝަހީދުންގެ ޒިކުރާ ފުލުހުން ވަނީ އައުކޮށްފައެވެ. އަދި ގައުމުގެ ސަލާމަތާއި މިނިވަންކަމަށްޓަކައި އެދުވަހު ސިފައިންނާއި އާންމު ރައްޔިތުން ގުޅިގެން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ އަގު ވަޒަންކޮށް، އެ ދަނޑިވަޅުގައި އެކުވެރި ދައުލަތްތަކުން ވެދިން އަގުހުރި އެހީތެރިކަން ފާހަގަކުރައްވައި، ނަސްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހައި ދިވެހި ރައްޔިތުންނަށް ފުލުހުން ވަނީ އަރިސްކޮށްފައެވެ.
ނޮވެންބަރު 3، 1988 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި މި ނުރައްކާތެރި އުދުވާނީ ހަމަލާއަކީ ސްރީލަންކާގެ ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) އާއި ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އިސްވެތިބެ، ދުރާލައި ރާވައިގެން ރާއްޖޭގެ މިނިވަންކަން ނަގާލައި، ގާނޫނީ ވެރިކަން ވައްޓާލުމަށް ދިން ވަރަށް ފިނޑި އަދި ބިރުވެރި ހަމަލާއެކެވެ.
މި ހިތާމަވެރި އަދި އަނިޔާވެރި ޢުދުވާނުގައި ދިވެހި ޤައުމާއި ދީނުގެ ދިފާޢުގައި ހަނގުރާމަކުރި ދިވެހި ސިފައިންގެ 8 ބޭކަލަކާއި، ޢާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ހިމެނޭހެން ޖުމްލަ 19 ދިވެހި ދަރިން ވަނީ މި ފަސްގަނޑަށް ޝަހީދުވެ ގޮސްފައެވެ.
އެދުވަހު ދިވެހިރާއްޖެއަށް ހަމަލާދިން ޕްލޯޓް ޖަމާޢަތަކީ ސްރީލަންކާގެ އުތުރާއި އިރުމަތީގައި އޭރު ތަމަޅައިންގެ ވަކި ދައުލަތެއް އުފެއްދުމަށް ހަނގުރާމަކުރި 36 ޖަމާޢަތުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޖަމާޢަތެވެ. މިއީ ތަމަޅައިންގެ އެންމެ ބޮޑު ހަތިޔާރުއެޅި ނިރުބަވެރި ޖަމާޢަތް ކަމުގައިވާ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް (އެލްޓީޓީއީ) އިން ވަކިވެގެން 1980 ވަނަ އަހަރު އުފެއްދި ޖަމާޢަތެކެވެ. މި ޖަމާޢަތުގެ ސިޔާސީ ގޮފި މިހާރު ސްރީލަންކާގައި ހަރަކާތްތެރިވަމުން ދަނީ ޑިމޮކްރެޓިކް ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޑީޕީއެލްއެފް) ގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު