ރައީސް ނަޝީދުގެ ”ކުރުވާހަކަ – 80ގެ ކުރީކޮޅު“
ރައީސް ނަޝީދުގެ ”ކުރުވާހަކަ – 80ގެ ކުރީކޮޅު“
ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަތްމަތި ދަތިވެ، އިތުރު އާމްދަނީއެއް ހޯއްދެވުމުގެ ބޭނުމުގައި ލިޔުއްވާފައިވާ ކުރުވާހަކަ ފޮތެއް މިރޭ 21:00 ގައި ނެރުމަށް ހަމަޖެހިއްޖެއެވެ.

”ކުރުވާހަކަ – 80ގެ ކުރީކޮޅު“ މި ނަމުގައި ނެރޭ މި ފޮތުގެ ޕް-އޯޑަރަށް ކުރިން ހުޅުވާލާފައިވާއިރު، ކޮންމެ ފޮތެއް ވިއްކުމަށް ހަމަޖެހިފައިވަނީ 250 ރުފިޔާއަށެވެ.

ކުރީގެ ރައީސުންގެ ޕެންޝަނުން ބޮޑު ބައެއް ކަނޑާލާފައިވާ ކަމަށާއި، ލ. އަތޮޅުގައި ހުރި ގޯތީގައި ގެއެއް އެޅުމަށް ހުރި ފައިސާ ހުސްވެފައިވާތީ، އަތްމަތި ދަތިވުމުގެ ސަބަބުން މި ފޮތް ނެރެންޖެހުނު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މި ފޮތުގައި ”ޗާލާ ޒަމާން“، ”ގައުމީ މަޝްރޫއު“، ”މޫސަބަރު“، ”ކުރުނާމާ“ އަދި ”ރީތި ހަދިޔާ“ ފަދަ ވާހަކަތައް ހިމެނޭއިރު، މި ފޮތް ނެރުމުގެ ހަރަކާތް ސަންގު ޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް