ޚާއްޞަ ޙާލަތްތަކެއް މެދުވެރިވާ ދަރިވަރުންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ތަޢުލީމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި "ތަޢުލީމުގެ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު" ގެ ފުރަތަމަ ކިޔުން މިހާރު ވަނީ މަޖިލީހުގައި އިއްވަވާފައެވެ. މި ބިލުގެ މައިގަނޑު މަޤްޞަދަކީ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ އެ ނޫންވެސް ޚާއްޞަ ޙާލަތެއް ދިމާވެގެން ސްކޫލަށް ޙާޟިރުވެ ތަޢުލީމު ޙާޞިލުކުރުމަށް އުޒުރުވެރިވާ ކުދިންނަށް "ހޯމް-ސްކޫލިންގ" ޕްރޮގްރާމެއްގެ ދަށުން އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި ބިލާ ގުޅޭގޮތުން މީސްމީޑިއާ މަންސަ "އެކްސް" ގައި ޙިއްޞާކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި ހޯމް-ސްކޫލިންގއަށް ފުރުޞަތު ނުދިނުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް 4,000 އަށްވުރެ ގިނަ ކުދިން ޤަވާޢިދުން ސްކޫލަށް ޙާޟިރުނުވާ ކަމަށާއި، ހޯމް-ސްކޫލިންގގެ ނަމުގައި ޒުވާން ޖީލު މަގުއޮޅި، ޙަޔާތް ބަރުބާދުވުމަށް ފުރުޞަތު ދެވިގެން ނުވާނެއެވެ.
ހުށަހެޅިފައިވާ މި އިޞްލާޙުގައިވާ ގޮތުން، ހޯމް-ސްކޫލިންގ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކުއްޖާގެ ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ޙާލަތަށް ރިޢާޔަތްކޮށް ހަދާ ޚާއްޞަ އެސެސްމަންޓަކަށް ބިނާކޮށެވެ. މީގެ އިތުރުން، އެފަދަ ކުދިން އެއްވެސް ސްކޫލެއްގައި ރަޖިސްޓަރީވެފައި ތިބެންޖެހޭނެ ކަމަށާއި، ބެލެނިވެރިންނަކީ ގޭގައި ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ޖިސްމާނީ ނުވަތަ ނަފްސާނީ ޙާލަތު ހުރިގޮތުން ސްކޫލަށް ޙާޟިރުވެގެންނާއި ހޯމް-ސްކޫލިންގ މެދުވެރިކޮށްވެސް އުނގެނުމަށް ކުޅަދާނަކަން ލިބިގެންނުވާ ކުދިން، މަޖުބޫރު ތަޢުލީމުގެ މާއްދާއިން އިސްތިސްނާވާނެ ކަމަށް ބިލުގައި ވެއެވެ. ނަމަވެސް، އެފަދަ ޙާލަތްތަކުގައިވެސް އެ ކުއްޖެއްގެ ކިބައިގައި ހުރި މިންވަރަކުން އުނގަންނައިދިނުމަށް ބެލެނިވެރިން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރަންވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

Mihaaruves hatharu haahah vuren gina kudhin School ah gavaidhun nudhey. Home schooling ge namugai Raajjeyge zuvaan jeelu magufurahdhaa halaaku kurumuge furusath dheegen nuvaane.
— Mohamed Nasheed (@MohamedNasheed) October 28, 2026
ހުށަހެޅިފައިވާ މި އިޞްލާޙުގައިވާ ގޮތުން، ހޯމް-ސްކޫލިންގ ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކުއްޖާގެ ނުކުޅެދުންތެރިކަން ނުވަތަ ނަފްސާނީ ޙާލަތަށް ރިޢާޔަތްކޮށް ހަދާ ޚާއްޞަ އެސެސްމަންޓަކަށް ބިނާކޮށެވެ. މީގެ އިތުރުން، އެފަދަ ކުދިން އެއްވެސް ސްކޫލެއްގައި ރަޖިސްޓަރީވެފައި ތިބެންޖެހޭނެ ކަމަށާއި، ބެލެނިވެރިންނަކީ ގޭގައި ތަޢުލީމު ފޯރުކޮށްދިނުމުގެ މާލީ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ޖިސްމާނީ ނުވަތަ ނަފްސާނީ ޙާލަތު ހުރިގޮތުން ސްކޫލަށް ޙާޟިރުވެގެންނާއި ހޯމް-ސްކޫލިންގ މެދުވެރިކޮށްވެސް އުނގެނުމަށް ކުޅަދާނަކަން ލިބިގެންނުވާ ކުދިން، މަޖުބޫރު ތަޢުލީމުގެ މާއްދާއިން އިސްތިސްނާވާނެ ކަމަށް ބިލުގައި ވެއެވެ. ނަމަވެސް، އެފަދަ ޙާލަތްތަކުގައިވެސް އެ ކުއްޖެއްގެ ކިބައިގައި ހުރި މިންވަރަކުން އުނގަންނައިދިނުމަށް ބެލެނިވެރިން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރަންވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު