ދިވެހި ސިނަމާގައި ނަންވިދާ ކުޅަދާނަ ޑައިރެކްޓަރާއި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އާ ފިލްމު "މަޖުނޫން" މާދަމާ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާ ކުރުމަށް ތައްޔާރުވެއްޖެއެވެ.
ކްރިސްޓަލް އެންޓަޓެއިންމަންޓުން ގެނެސްދޭ "މަޖުނޫން" އަކީ އަސަރުގަދަ ލޯބީގެ ފުން ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ކާމިޔަބު އެތައް ލޯބީގެ ފިލްމުތަކެ
އް ދިވެހި ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ މި އައު އުފެއްދުމަކީ، މިހާރުވެސް ގިނަ އަދަދެއްގެ ބެލުންތެރިން އެ ފިލްމަކަށް ނުހަނު ބޮޑަށް އިންތިޒާރު ކުރަމުން އަންނަ އުފެއްދުމެކެވެ.
މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ހުނަރުވެރި ދެ ތަރިން ކަމަށްވާ އަހްމަދު ޝާރިފް އަދި މަރިޔަމް ޝިފާއެވެ. މީގެ އިތުރުން ފިލްމުގެ މުހިންމު އެހެނިހެން ރޯލުތަކުން ވާޝިޔާ މުހައްމަދު، އަހްމަދު އީސަ (އާނަންދު)، ސާމީ ހުސައިން ދީދީ އަދި މުހައްމަދު މަނިކުގެ އިތުރުން ލާލީ އަދި އެވްލީ ވެސް ފެނިގެންދާނެއެވެ.
މި ފިލްމުގެ ޓްރެއިލާ ސެޕްޓެމްބަރު 22 ގައި ނެރެފައިވާއިރު، ޓްރެއިލާ އާއި ފިލްމުގެ ހިތްގައިމު ލަވަތައް ބަލާލުމަށްފަހު މި ފިލްމަށް އޮތް އިންތިޒާރާއި ސަސްޕެންސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ފިލްމާ ގުޅޭ ގޮތުން ވާހަކަދައްކަމުން ނަހުލާ ބުނީ މި ފަހަކަށް އައިސް ދިވެހި ސްކްރީނުން ނުފެންނަ ވަރުގެ ފުން އަދި ފުރިހަމަ ރޮމޭންސެއް މި ފިލްމުން ފެނިގެން ދާނެ ކަމަށެވެ.
މިހާރު އޮލިމްޕަހުގެ ކައުންޓަރުން ފިލްމުގެ ޓިކެޓު ވިއްކަމުން އަންނައިރު، ފަސޭހަކަމާއެކު އޮންލައިންކޮށް ޓިކެޓު ގަތުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އޮންލައިންކޮށް ޓިކެޓު ބައްލަވައިގަތުމަށް 7844422 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.
މިފަހަރު އޮލިމްޕަސް ލިބިފައިވަނީ މަދު ދުވަސްކޮޅަކަށް ކަމަށްވާތީ ފިލްމު ބަލާލަން ބޭނުން އެންމެންނަށް ފުރުސަތު ނުލިބިދާނެ ކަމަށް ނަހުލާ ވަނީ މީގެ ކުރިން ބުނެފައެވެ. ވީމާ ފިލްމު ބަލާލަން ބޭނުންވާ ފަރާތްތަކުން ވީހާވެސް އަވަހަށް ޓިކެޓު ނެގުމަށް ފިލްމުގެ ޓީމުން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު