އިންސްޓަގްރާމް މެދުވެރިކޮށް، މުއްސަނދި ވިޔަފާރިވެރިއެއްގެ ގޮތުގައި އޮޅުވާލައިގެން، ފުލުހުންގެ އަންހެން ކޮންސްޓަބަލުންތަކަކަށް ކައިވެނިކުރާނެ ކަމަށް ބުނެ، ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި އިންޑިއާގެ ދިއްލީ ފުލުހުން ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ވިކްރަންތު ޓޯމާރު (23) ނަމަކަށް ކިޔާ މި ޒުވާނާ، އިންސްޓަގްރާމްގައި ކުއްޔަށް ހިފައިގެން ގެންގުޅުނު އަގުބޮޑު ކާރުތަކާއި ލަގްޒަރީ ދިރިއުޅުމެއް ދައްކުވައިދޭ ފޮޓޯތައް ހިއްސާކޮށް، އަންހެން ކޮންސްޓަބަލުންގެ އިތުބާރު ހޯދާފައިވެއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، އެއް އަންހެން ކޮންސްޓަބަލަކު އޭނާގެ އަތުން ގާތްގަނޑަކަށް 24 ލައްކަ އިންޑިއަން ރުޕީސް މަކަރާއި ހީލަތުން ހޯދާފައިވާ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހެޅުމާ ގުޅިގެންނެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، އެއް ބެޗަކަށް ނިސްބަތްވާ ގާތްގަނޑަކަށް 20 އަންހެން ކޮންސްޓަބަލުން މި މަކަރުވެރި ޖާލުގައި ޖެހިފައިވެދާނެއެވެ. ނަމަވެސް ގެއްލުން ލިބުނު މީހުންގެ ފުރިހަމަ އަދަދު ދެނެގަތުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މީގެ އިތުރުން، އޮންލައިން ކެސިނޯ/ބެޓިންގ ޕްލެޓްފޯމްތަކާ ގުޅުންހުރި މާލީ މުއާމަލާތްތަކާއި، މި މަކަރަށް އިތުރު ބަޔަކު ބައިވެރިވެފައިވޭތޯ ދިއްލީ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު