މަޖިލީހުގެ ރައީސާއި ކެބިނެޓު މިނިސްޓަރުންނާއި ރަށު ކައުންސިލަރުންގެ އިނާޔަތްތައް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން ބަދަލުކުރުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ގޮވާލައިފިއެވެ. އެމްޑީޕީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މާލިއްޔަތު ކޮމިޓީގެ ނިންމުމުގެ ސަބަބުން ދައުލަތަށް 40 މިލިއަން ރުފިޔާގެ އިތުރު ބުރައެއް އުފުލަން ޖެހޭކަން ފާހަގަކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ސަރުކާރުން އިސްކަންދީ، ޚަރަދު ކުޑަކުރުމަށް ގޮވާލާފައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، މާލިއްޔަތު ކޮމިޓީން މި ބަދަލުތައް މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިތުރު 22،000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާއިރު، އެ މަޤާމުގެ މަހު މުސާރައާއި އެލަވަންސް ޖުމްލަ 95،125 ރުފިޔާއަށް އަރާނެއެވެ.
އަދި، ކެބިނެޓު މިނިސްޓަރުންނަށް ދެމުންދާ ވެހިކަލް އެލަވަންސް 17،000 ރުފިޔާއަށް އިތުރުކުރުމަށް ވެސް ކޮމިޓީން ނިންމާފައިވެއެވެ. މި ބަދަލާއެކު، މިނިސްޓަރުންގެ ޖުމްލަ މަހު މުސާރަ 58،500 ރުފިޔާއިން 75،500 ރުފިޔާއަށް އަރާނެއެވެ. މީގެ އިތުރުން ކައުންސިލަރުންނަށް 5،000 ރުފިޔާގެ ސަރވިސް އެލަވަންސެއް ވެސް ދިނުމަށް ނިންމާފައިވެއެވެ.
އެމްޑީޕީގެ 12 މެންބަރުން ވަނީ މި ނިންމުން ބަލައި ނުގަންނަކަމަށް ބުނެ، ގައުމުގެ މިހާރުގެ އިގްތިސާދީ ހާލަތާއި، އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ފާހަގަކޮށް، އިނާޔަތްތައް މިގޮތަށް އިތުރުކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ބުނެފައެވެ. އަދި 40 މިލިއަން ރުފިޔާގެ އިތުރު ޚަރަދެއް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީ މަޖިލިސް މެންބަރުން ބުނެފައިވަނީ "މިނިސްޓަރުންނާއި މަޖިލީހުގެ ރައީސްގެ އިނާޔަތްތައް ބޮޑުކުރުމަށް ވުރެ ދިވެހި ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް ސަރުކާރުން އިސްކަން ދިނުމަށް އަޅުގަނޑުމެން ގޮވާލާ" ކަމަށެވެ.
ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ބުރަ ކުޑަކުރުމަށް މަސައްކަތް ކުރުމަށް ވެސް އެމްޑީޕީގެ ޕީޖީ މެންބަރުން ގޮވާލާފައިވެއެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ، މިހާތަނަށް މި އަހަރު ދައުލަތުގެ ޚަރަދުތައް އާމްދަނީއަށް ވުރެ 4.5 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، އާންމު ދަރަނި ވެސް ދަނީ އިތުރުވަމުންކަން ފާހަކޮށްފައެވެ. އަދި މަޖިލީހުގެ ސުޕަރމެޖޯރިޓީއާއެކު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން، ރައްޔިތުންނަށް ބުރަވާގޮތަށް ގިނަ ޤާނޫނުތަކަށް އިސްލާހުތައް ފާސްކޮށްފައިވާ ކަމަށް ބުނެ ފާޑުކިޔާފައިވެއެވެ.
އަދި ކައުންސިލަރުންގެ އިނާޔަތްތައް އިތުރުކުރުމަށް ހުށަހެޅިފައިވާތީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްތަކަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށާއި މުޖުތަމައުގެ ބޭނުންތައް ފުއްދުމަށް ޚާއްސަކޮށްފައިވާ ފައިސާ ކަމަށް ބުނެފައިވެއެވެ. ހަމައެއާއެކު ކައުންސިލްގެ ފައިސާ ބޭނުންކޮށްގެން ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކީ ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް އަސަރުކުރާނެ ކަމެއް ކަމަށް ވެސް އެމްޑީޕީ މެންބަރުން ބުނެފައިވެއެވެ.
މުސާރަތައް ބޮޑުކުރާ ވަގުތާ މެދު ސުވާލު އުފައްދައި، ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ އޯވަރޓައިމް މައްސަލަތައް ހައްލުނުވެ އެބަހުރިކަން އެމްޑީޕީ މެންބަރުން ވަނީ ފާހަގަކޮށްފައެވެ. މި މައްސަލަ މިދިޔަ އަހަރުން ފެށިގެން މަޖިލީހުގައި އޮތް ނަމަވެސް، އެކަމާ ގުޅޭ ގަރާރު މަޖިލީހުން އަދި ނުނިމޭ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީ މެންބަރުން ބުނީ، ސަރުކާރުގެ އެހެން ދާއިރާތަކުގެ މުވައްޒަފުންނާ ގުޅުންހުރި މައްސަލަތައް ހައްލުނުވެ އޮއްވައި، ސަރުކާރުގެ ސީނިއަރ މަޤާމުތަކުގެ އިނާޔަތްތައް ބޮޑުކުރުމަކީ އާންމު ރައްޔިތުންގެ ތެރޭގައި ގިނަ ސުވާލުތަކެއް އުފެދިގެންދާނެ ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވައި، ރައްޔިތުންނަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެ ނިންމުންތައް ހުއްޓުވުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
ނަމަވެސް ސަރުކާރުން ޕީއެންސީގެ މަޖިލީހުގެ ސުޕަރމެޖޯރިޓީ ބޭނުންކޮށްގެން، ސަރުކާރު ޖަވާބުދާރީކުރުވުން ހުއްޓުވަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކޮށްފައިވެއެވެ. އަދި ކުރިންއޮތްގޮތަށް މުސާރަތައް އިއާދަ ކުރުމަށާއި، ސަރުކާރުން ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، ރައްޔިތުންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަމާލުކަން ދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު