ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ޚިދުމަތްތަކަށް ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، މިއީ ރާއްޖޭގެ އެސްއެމްއީ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ފަހިކޮށްދޭ މުހިންމު ފުރުސަތެއް ކަމަށެވެ.

މި ޚިދުމަތުގެ ދަށުން، ބައިނަލްއަޤްވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ދޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރާއްޖެއިން ބޭރުގެ ފަރާތްތަކުން ފައިސާ ދެއްކުމުން، އެ ފައިސާ ޑޮލަރުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓުގައި ވާދަވެރިކޮށް ކުރިއަށް ދިއުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމެއް ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

އޭގެއިތުރުން ބީއެމްއެލް އިން ވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑާއި، ބީސީސީއާ ގުޅިގެން މި ޚިދުމަތް 1 ނޮވެންބަރު 2026 އިން ފެށިގެން ދޭން ފެށުމުގެ މަސައްކަތްތައް ކުރަމުންދާކަން ހާމަކޮށްފައެވެ.

އަދި މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މާކެޓުގެ ފައިދާ ނެގުމަށް މަގުފަހިވެ، އިޤްތިޞާދީ ގޮތުން ޤައުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް