މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް، އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ޖުމްލަ 11 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާ ގުޅޭ 06 މައްސަލައަކާއި އަންހެނުންނާ ގުޅޭ 05 މައްސަލައެކެވެ.
އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 05 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 03 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 02 މައްސަލައެކެވެ.
މީގެ އިތުރުން، ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 04 މައްސަލައަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ 01 މައްސަލަ އަދި ފައިދާހުރި ކާނާ ބޭނުންވެފައިވާ ފަރާތްތަކަށާއި ޢާއިލާތަކަށް އަޅައިލުމާއި އެހީތެރިވުމާ ގުޅޭ 01 މައްސަލަވެސް ސެޕްޓެމްބަރ މަހު ވަނީ ރިޕޯޓުކޮށްފައެވެ.
އަޅައިލުމާއި އެހީތެރިކަމުގެ މައްސަލަތަކުގެ އިތުރުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ގިނަ އަދަދެއްގެ މައްސަލަތަކެއްވެސް މިދިޔަ މަހު ވަނީ އެ ވުޒާރާއަށް ހުށަހަޅާފައެވެ. އެގޮތުން ގެވެށި އަނިޔާގެ ޖުމްލަ 51 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ އަންހެނުންނާ ގުޅޭ 41 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 10 މައްސަލައެކެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 26 މައްސަލައެއް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާ ގުޅޭ 20 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 06 މައްސަލަ ހިމެނެއެވެ. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނަފްސާނީ އަދި އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެއީ އަންހެނުންނާ ގުޅޭ 13 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 02 މައްސަލައާއެކު ޖުމްލަ 15 މައްސަލައެވެ.
މީގެއިތުރުންވެސް، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 01 މައްސަލަ، މެރިޓަލް ރޭޕްގެ 01 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 02 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 02 މައްސަލަ، ސައިބަރ ވަޔަލެންސްގެ 01 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 01 މައްސަލަ، މުދަލަށް ގެއްލުންދިނުމުގެ 01 މައްސަލަ އަދި ނުރުހުމުގައި ނުވަތަ އިޚްތިޔާރާ ދެކޮޅަށް މިނިވަންކަން ހަނިކުރުމުގެ 01 މައްސަލަ ސެޕްޓެމްބަރ މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު