ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިހާރު ޕާކިސްތާނަށް ކުރަށްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ދެ ފަހުމުނާމާގައި ސޮއިކޮށްފައިވާ ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދާއިރާއިން ސޮއިކޮށްފައިވާ ދެ އެއްބަސްވުމަކީ، ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއަކާއި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ކަމަށެވެ.
މި ދެ ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު އޮނަރަބްލް ޙަސަން ރަޝީދެވެ. އަދި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުގެ ފެޑެރަލް ސެކްރެޓަރީ އޮފް ޑިފެންސް، ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޢަލީ އެވެ.
ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރެއްވުމަށް އިއްޔެ ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހެބާޒް ޝަރީފް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
މި ދަތުރުފުޅަކީ 2015 ވަނަ އަހަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށް ފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރަށްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު ކުރިއަށް މިދަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު