އެފްޑީސީގެ ފްލެޓްތަކާ ގުޅޭގޮތުން ހުށައެޅި 6917 ޝަކުވާގެ ތެރެއިން މިހާތަނަށް ޙައްލު ނުކުރެވެނީ 789 މައްސަލަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ބުނީ، އެ ކުންފުނީގެ އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގައި ދިރިއުޅޭ މީހުން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 6،917 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ޝަކުވާތައް ރިޕޯޓް ކޮށްފައިވަނީ އެ ކޯޕަރޭޝަންގެ ޕޯޓަލް އާއި އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށެވެ.
އޭގެ ތެރެއިން 6،128 މައްސަލަ ހައްލުކޮށްދީފައިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އެހެންކަމުން ހައްލު ނުކުރެވި ބާކީ އޮތް 789 މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުތަކުން ކުރަމުންދާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ ފްލެޓްތަކާ ގުޅޭގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ފެން ލީކުވުމާއި އިމާރާތުގެ މެއިންޓެނަންސްއާ ގުޅުންހުރި މައްސަލަތައް ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މައުލޫމާތު އަޕްޓޭޑް ކުރުމާ ގުޅޭ ދަތިތަކާއި، އެޕާޓްމަންޓްތަކަށް ގެންނަން އެދޭ ބަދަލުތަކާ ގުޅޭ ޝަކުވާ އާއި، އަޑުގަދަވުމުގެ އުނދަގުލާއި ލިފްޓް މެއިންޓަނެންސް މައްސަލަތައްވެސް ހުށައަޅާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ހުޅުމާލެ ފޭސް ދޭއްގައި އެފްޑީސީން ކުރިއަށްގެންދާ "އަމާން ދޯދި" އަދި "އަމާން އުދަރެސް" މަޝްރޫޢުގެ ދަށުން 32 ޓަވަރުގައި 4،000 ފްލެޓް ތަރައްގީކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު