ރަސްމާލެ މަޝްރޫޢާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަކީ ހަމައެކަނި އޭގެ އަގާއި ކުއްޔަށް ދޫކުރާ އުސޫލުތަކާ ގުޅޭ ކަންކަން ނޫން ކަމަށާއި، އެއީ ފަލަސްޠީނުގެ ޙައްޤުގައި ދިވެހިންގެ ހިތްތަކުގައި އޮތް ފުން އިހުސާސްތަކާ ގުޅިފައިވާ ކަންކަން ކަމަށް ފާހަގަކުރަށްވައި، އެ މަޝްރޫޢުގެ ތެރެއިން ޒަޔަނިސްޓުންނަށް ޖާގަ ލިބިދާނެ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަގީގަތް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ހާމަކުރަށްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް ލިންކްޑްއިންގައި ޝާއިޢުކުރެއްވި ލިޔުމެއްގައި ޑރ. މުއްޠަލިބު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ އިސްތިއުމާރީ އަނިޔާވެރިކަމާއި ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާ މެދު ދިވެހިން ކުރާ ހިތާމައިގައި ސަރުކާރުވެސް ބައިވެރިވާ ކަމަށެވެ. އަދި އާންމުންގެ މި ކަންބޮޑުވުންތަކަށް ބޭނުންވަނީ ތެދުވެރި ޖަވާބެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަސްމާލެއަކީ ޒަޔަނިސްޓުން ވަޒަންވެރިވުމަށް ހުޅުވޭ ދޮރަކަށް ވެދާނެ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަން ފާހަގަކުރަށްވަމުން ވަޒީރު ވިދާޅުވީ، ޒަޔަނިޒަމަކީ ތާރީޚީ ފަލަސްޠީނުގެ ބިމުގައި ޔަހޫދީ ދައުލަތެއް ބިނާކުރުމަށް އެހެން ގައުމުތަކުން ޔަހޫދީން އެތަނަށް ގެނައުމުގެ މަޝްރޫޢެއް ކަމަށެވެ. އަދި އަމިއްލަ ބޯޑަރާއި، ވިސާ އަދި ބިމުގެ މިލްކުވެރިކަން ކޮންޓްރޯލްކުރާ މިނިވަން މުސްތަގިއްލު ގައުމެއްގައި، ބޭރު މީހުން ކުއްޔަށް ހިފާ ބިމެއްގެ ޒަރީއާއިން އިސްތިއުމާރީ ބާރެއް ފެތުރުނު ކަމުގެ އެއްވެސް ތާރީޚީ މިސާލެއް ދުނިޔޭގައި ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ފަލަސްޠީނުގެ މައްސަލައާއި ދިވެހިންގެ އިހުސާސްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދަން މަސައްކަތް ނުކުރުމަށްވެސް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރުގެ ބޮޑެތި ފިއްތުންތަކާ އެކުވެސް، 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް ވަރުގަދަ ނިންމުމެއް ނިންމާފައިވާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އެފަދަ ފިޔަވަޅެއް އެޅި ސަރުކާރަކުން ބިމުގެ މުއާމަލާތެއްގެ ތެރެއިން އެ އުސޫލުތަކާ ޚިލާފުނުވާނެ ކަމަށެވެ. އަދި ރަސްމާލެ މަޝްރޫޢު ތަރައްޤީ ކުރުމުގެ ބައިވެރިޔާ އީގަލް ހިލްސް އިން ވެސް މި އުސޫލުތަކަށް ފުރިހަމައަށް ބޯލަނބަން އެއްބަސްވެފައިވާ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫޢުގެ ތެރެއިން މިކަން ކަށަވަރުކުރުމަށްޓަކައި އަޅަން ނިންމާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރޭގައި އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ އެ ގައުމުގެ ކޮންޓްރޯލް އޮންނަ ކުންފުންޏަކަށް މިލްކުވެރިކަމުގެ އެއްވެސް މަރުހަލާއެއްގައި ބައިވެރިނުވެވުން ހިމެނޭކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި ޕްރޮޕަޓީ ގަންނަ ފަރާތްތަކުން އެމީހުންގެ ހުރިހާ ރައްޔިތުކަމެއް ހާމަކުރަންޖެހުމާއި، ދޮގު މައުލޫމާތު ދީފިނަމަ އެއްބަސްވުން ބާތިލުކޮށް ބިމާއި ފައިސާ ދައުލަތަށް ނެގޭނެ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ބިން ގަތުމަކީ ރައްޔިތުކަން ނުވަތަ ދާއިމީ ރެސިޑެންސީ ލިބޭނެ ކަމެއް ނޫން ކަމަށް ހަމަޖެއްސުމާއި، އިޒްރޭލު ޕާސްޕޯޓު މަނާކުރި އުސޫލު މިކަމުގައިވެސް ހިނގާނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި އެއްވެސް ވަކި ގައުމެއްގެ ބަޔަކަށް ބިމުގެ ބޮޑު ބައެއް މިލްކު ނުކުރެވޭނެ ގޮތް ހެދުމަށް ހަމަޖެހިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
އޭގެއިތުރުން ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް (ލީސް) ކަމަށާއި، އަބަދުގެ އަބަދަށް (ފްރީހޯލްޑް) ބިން މިލްކުކުރުމުގެ ފުރުސަތު ނޯންނާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި ކޮންމެ މަރުހަލާއެއްގައިވެސް ދިވެހިންނަށް އިސްކަންދީ، ދިވެހި ރުފިޔާއިން މުއާމަލާތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
ލިޔުން ނިންމަވާ ލައްވަމުން ޑރ. މުއްޠަލިބު ވިދާޅުވީ، އެހެން ގައުމުތަކުގެ އެހީއަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގެ އިގްތިސާދު އަމިއްލަ ފައިމައްޗަށް ތެދުވެ ވަރުގަދަވުމަކީ ފަލަސްޠީނަށް ތާއީދުކޮށް ގައުމީ އަގުތައް ހިމާޔަތް ކުރުމަށް ލިބޭނެ އެންމެ ބޮޑު ބާރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު