އދ. ދަނގެތީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތުގެ 34 އިންސައްތަ މިހާރު ނިމިފައިވާއިރު، އެއްގަމު ތޮށީގެ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ސައިޓުގައި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 76.85 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 450 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދަނގެތީ ފަޅުގެ ޖާގަ ތަނަވަސްކޮށް، އެ ރަށަށް ދަތުރުފަތުރުކުރާ ކަނޑުއުޅަނދުފަހަރަށް ރައްކާތެރިކަމާއެކު ބަނދަރު ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ. އެގޮތުން ތިމާވެއްޓަށް ކުރާނެ އަސަރުތައް ބަލައި، ޒަމާނީ ފެންވަރަށް ކުރެހުންތައް ތައްޔާރުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަޝްރޫޢުގެ ތަފްސީލަށް ބަލާއިރު، 110،900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރާއި ނެރު ފުންކުރުމާއި، 30،643.53 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރުން، 389 މީޓަރުގެ އެއްގަމު ތޮށި ލުމަށް 'ޕްރީކާސްޓް އެލް ބްލޮކް' ޖެހުމާއި، ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 675 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
ހަމައެއާއެކު، ބަނދަރު ސަރަޙައްދު ތަރައްޤީކުރުމުގެ ގޮތުން 3،052 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެއެވެ.
ދަނގެއްޗަކީ ލޯކަލް ޓޫރިޒަމާއި މަސްވެރިކަމުގައި ފާހަގަކޮށްލެވޭ، އަދި ގިނަ އަދަދަކަށް އުޅަނދުފަހަރު ބަނދަރުކުރާ ރަށަކަށް ވުމާއެކު، މި މަޝްރޫޢު ނިމިގެން ދިއުމުން އެ ރަށަށް ލަފާފުރުމަށް ދިމާވެފައިވާ ދަތިތަކަށް ދާއިމީ އަދި ޒަމާނީ ޙައްލެއް ލިބިގެންދާނެއެވެ. މި މަސައްކަތް އެއްބަސްވުމާ އެއްގޮތަށް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު