ރައްޔިތުންގެ މަޖިލީސް-
ރައްޔިތުންގެ މަޖިލީސް-
ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް ސީދާ އދ. އަށް ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ބައިނަލްއަގުވާމީ މުއާހަދާ ކަމަށްވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް" ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މުއާހަދާގައި ބައިވެރިވުމަށް ރުހުން ދޭން ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

މި މުއާޙަދާއަކީ އދ.ގެ އާއްމު މަޖިލީހުން 2006 ވަނަ އަހަރު ފާސްކޮށް 2008 ވަނަ އަހަރު އަމަލުކުރަން ފެށި މުއާހަދާއެކެވެ. މި މުއާޙަދާގައި މިިހާތަނަށް 110 ގައުމަކުން ވަނީ ބައިވެރިވެފައެވެ.

މި މުއާޙަދާގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ހައްގަށް އުނިކަން އަންނަ ފަދަ ކަމެއް ދައުަލަކުން ކުރި ކަމަށް ތުހުމަތުކޮށް ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކަށް ޔޫއެން ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީސް އަށް މައްސަލަ ހުށައެޅޭނެއެވެ.

ނަމަވެސް މި މުއާހަދާއިން ބާރު ލިބިގެން ކޮމިޓީއަށް ސީދާގޮތެއްގައި މައްސަލަ ހުށަހެޅޭނީ އެ މީހަކު ނިސްބަތްވާ ގައުމުގެ ގާނޫނީ ނިޒާމުގެ ތެރެއިން ހައްގު ހޯދަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް ކާމިޔާބު ނުވާ ހާލަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް